ބޮލީވުޑުގެ ބަތަލާ ޖިއާ ޚާން އަމިއްލައަށް މަރުވުމާއި ގުޅިގެން އެ މައްސަލާގައި ތުހުމަތު ކުރެވެރިވެފައިވަނީ ބޮލީވުޑުގެ އެކްޓަރ ސޫރަޖު ޕަންޖޯލީއެވެ. މި ހާދިސާ ހިނގިތާ އަށް އަހަރު ވީ އިރު ވެސް މައްސަލަ ނިމުމަކަށް ނާދެއެވެ.

އަށް އަހަރަށް ފަހު މައްސަލަ ތަހުގީގު ކުރުމާއި ހަވާލު ކުރެވުނީ ސީބީއައިގެ ހާއްސަ ޓީމަކާއެވެ. މައްސަލަ މި ޓީމާއި ހަވާލު ކުރެވުނު މައްސަލައިގައި ކުށްވެރި ވެފައިވާ ސޫރަޖު އިންސާފެއް ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް އޭނާ ބުނެފިއެވެ.

ޖިއާ މަރުވުމުގެ ކުރިން ލިޔެފައިވާ އަށް ސަފުހާގެ ސިޓީގައި ސޫރަޖުއާއި އޭނާގެ ގުޅުމުގެ ވާހަކަތައް ހުރުމުން އެ މައްސަލަ ބެލުމަށް ސޫރަޖު ވަނީ އެތައް ފަހަރެއްގެ މަތިން ކޯޓަށް ގޮސްފައެވެ. އަދި ވެސް މައްސަލަ ނުނިމި އޭނާގެ ނަން ވަނީ ޖިއާގެ މަރާއި ގުޅިފައެވެ.

ނަމަވެސް ސީބީއައިގެ ޓީމުން މައްސަލަ ބަލަން ފެށުމުން ސޫރަޖުއާއި އޭނާގެ އާއިލާގެ މެމްބަރުންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. ސޫރަޖުއަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ފާއިތުވި އަށް އަހަރަކީ ސޫރަޖުއަށް ވަރަށް އުދަނގޫވި އަހަރުތަކެއް ކަމަށް ސޫރަޖް ބުނެފައި ވެއެވެ. އޭނާގެ މުޅި ކެރިއަރ ވެސް ހުއްޓިފައި ވަނީ އެ މައްސަލައިގެ ސަބަބުން ކަމަށް ސޫރަޖު ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، މިހިސާބަށް އާދެވުނީ އާއިލާގެ ސަޕޯޓްއާއި ލޯބީގެ ސަބަބުންނެވެ. މާޒީ ހަނދާން ނައްތާލާ މުސްތަގުބަލާއި މެދު ވިސްނުމަށް ވަރަށް މަސައްކަތް ކުރާ ކަމަށް ވެސް ސޫރަޖު ފާހަގަ ކޮށްފައިވެއެވެ.

ސީބީއައިގެ ޓީމުން އިންސާފު ހޯދާދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ސޫރަޖު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު