ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކްހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އަކީ މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމެއް ހޯދަމުން އަންނަ ސެލެބްރިޓީއެކެވެ. ދާދިފަހުން އޭނާގެ މަންމަ އަދި ޝާހް ރުކް ހާންގެ އަންހެނުން ގައުރީ ހާން މިވަނީ އޭނާގެ ކުރެހުމުގެ ހުނަރު ސުހާނާގެ ތަފްސީރެއް ކުރަހައި ދައްކާލައިފައެވެ.

ގައުރީ ކުރަހާފައި ވަނީ ޗާކޯލް ކުރެހުމަކަށްވާ އިރު މި ކުރެހުން އޭނާ ވަނީ ސުހާނާ އިންސްޓަގްރާމުގައި ހިއްސާކުރުމުން ރީ ޕޯސްޓު ކޮށްފައެވެ. ފަހަކަށް އައިސް ގައުރީ ވަނީ ސުހާނާގެ ގިނަ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ގައުރީގެ ފޮޓޯ ނެގުމުގެ ހުނަރު ގިނަ ބަޔަކަށް ކަމުގޮސް ފޮޓޯތަކަށް ކޮމެންޓުކޮށްފައި ވެއެވެ.

ސުހާނާ އޭނާގެ ބައްޕަގެ ފިޔަވަޅުތައް ބަލަމުން އެ ފިޔަވަޅުތަކުން ދާން ނިންމާފައިވާއިރު މިހާރު އޭނާ ކިޔަވަނީ ނިއުޔޯ ޔުނިވަސިޓީގެ ޓިސްޗް ސްކޫލް އޮފް ދަ އާޓްސް ގައެވެ. ސުހާނާގެ ބޭބެ މިހާރު މަސައްކަތް ކުރަނީ ފިލްމު އުފެއްދުމުގެ ދާއިރާގެ ތެރޭގައެވެ.

ދާދިފަހުން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝާހް ރުކް ބުނީ އޭނާގެ ކުދިން ބޭނުން ދާއިރާއަކުން ކުރިއަަށް ދިޔަ ނަމަވެސް އޭނާއަށް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެކުދިން ކިޔަވައިގެން ތިބުމަށް ޝާހް ބާރުއަޅާކަން އޭނާ ބުންޏެވެ.

ޝާހް ބުނީ ސުހާނާ އެކްޓިން ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާނަމަ ކުރިޔަށް އޮތް ދެތިން އަހަރު ކިޔެވުމުގައި އުޅެންޖެހޭނޭ ކަމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ޝާހުގެ ކުދިންވެސް ކުރިޔަށް ދާން އެންމެ ރަނގަޅު ދާއިރާ އަކީ ފިލްމީ ދާއިރާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    އަހަންނަށްވެސް އެނގޭނެ ފިލޮޅެއް ކުރަހަން.

  2. ދިދަ ދަނޑި

    މަށަށް ނޭނގުނު އެތަނުން އަސްލު ސުހާނާ ވަކިކުރަންވެސް.. ލޮލް