ދިވެހިންގެ ތެރޭގައި މަޤްބޫލު ފިލްމެއް ކަމަށްވާ " ޔޭހޭ މޮހެއްބަތޭ" ގެ ލީޑް ރޯލުން ފެނިގެންދާ ކަރަންޕަޓޭލް ( ރަމަން ބައްލާ ) ގެ އަނބިމީހާއަށް ލިބެން އުޅުނު ދަރިފުޅު ބައިގެން ގޮސްފިކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ކަރަންގެ ކައިވެންޏަށް މިހާރު 3 އަހަރު ވެފައިވާއިރު، އޭނާގެ އަނބިމީހާ މާބަނޑުވެފައިވާކަން މިދިޔަ މާރިޗް މަހު ކަރަންވަނީ ހާމަކޮށްފައެވެ. ނަމަވެސް އިންޑިޔާގެ ނޫހެއް ކަމަށްވާ " އިންޑިޔާ ޓައިމްސް " އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކުއްޖާވަނީ ބައިގެން ގޮސްފައެވެ. މިކަމާ ގުޅޭ ގޮތުން ކަރަންގެ ބަހެއް ހޯދުމަށް އިންޑިޔާގެ މީޑިޔާތަކުން މަސައްކުރި ނަމަވެސް ކަރަން ބުނެފައިވަނީ މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓްއެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ކަރަންއާއި އޭނާގެ މިހާރުގެ އަނބިމީހާ އާ ދިމާވެފައިވަނީ ޕާޓީއެއްގެ ތެރެއިން 2015 ވަނަ އަހަރުއެވެ. އަދި ހަމަ އެ އަހަރު ދެމީހުންވަނީ ކައިވެނީގެ ގޮތުން ގުޅިފައެވެ.

މެއި މަހު ކަރަން މީޑިޔާތަކަށް ބުނެފައިވަނީ އޭނާގެ އަންހެނުން ނޮވެންބަރު މަހު ވިހާނެ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު