އަކްސޭ މިހާރު މަސައްކަތް ކުރަމުންދާ ފިލްމް "ކެސާރީ" އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް އޭނާ ބުނެފިއެވެ.

މިހާރަކަށް އައިސް އަބަދުވެސް މުޖުތަމައުގައި އޮންނަ ކޮންމެވެސް މައްސަލައަކާއި ގުޅިގެން ފިލްމު ކުޅޭތީވެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާދުދެމުން އަކްސޭ ބުނީ "އަހަރެން އަބަދަކު މިކަހަލަ ފިލްމް ކުޅޭކަށް ނޫޅެން. އަހަރެން މިހާރު މި މަސައްކަތް ކުރަނީ "ކެސާރީ" ކިޔާ ފިލްމެއްގައި. އެފިލްމަކީ ހަނގުރާމަ އާއި ގުޅިފައިވާ ފިލްމެއް. މިއީ އަހަރެން މިކަހަލަ ފިލްމެއްކުޅޭ ފުރަތަމަ ފަހަރު. އަދި މި ފިލްމާއިމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ" އެވެ.

"އަހަރެން އަބަދުވެސް ތަފާތު ފިލްމް ތަށް ކުޅެން ބޭނުން. އެއްވެސް މީހަކު އަހަރެން ވަކި ވައްތަރެއްގެ ފިލްމްގް ލޭބަލް ޖެހުމަށް ބޭނުމެއް ނޫން. އަހަރެންގެ ކެރިޔާގެ ފުރަތަމަ ދުވްސްކޮޅު އަބަދުވެސް އެކްޝަން ފިލްމް ކުޅޭތީ އޭރު އަހަރެން ލޭބަލްވެފާ އޮތީ އެގޮތަށް. އޭރު އަހަރެންނަށް އެހެން ކަހަލަ ފިލްމް ކުޅޭން އުދަގީވި. ނަމަވެސް ދެން އެހެން ލޭބަލްވާކަށް ބޭނުމެއް ނޫން." އަކްސޭ އިތުރަށް ބުންޔެވެ.

އަކްސޭ ބުނީ އޭނާ މިހާރު "ހައުސްފުލް" ކުޅެން ވަރަށް ބޭނުންވާ ކަމަށާއި އެއީ ކީއްވެ ކަމެއް ނޭންގޭ ކަމަށެވެ. އެ މަޖާ ހެއްވާ ފިލްމް ކުޅޭ ތިން މަހަކީ އޭނާއަށް ޗުއްޓީ ކަހަލަ 3 މަސްކަމަށެވެ. ރިޕޯޓްތަށް ބުނާގޮތުން އަކްސޭ މިހާރު އަންނަނީ އެކްތާ ކަޕޫރާއި އެކު އޭނާގެ ފިލްމް "އައި ޓީ ހެޑް އަ ޑްރީމް" ކިޔާ ފިލްމެއް ކުޅުމުގެ ވާހަކަތަށް ދައްކަމުންނެވެ. އެ ފިލްމަކީ ޑރ ވަރްގީސް ކުރިއަންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މިކަމާ ބެހޭގޮތުން އަކްސޭ އާއި ސުވާލުކުރުމުން އޭނާ ބުނީ "އަހަރެންނަކަށް ނޭންގެ" އެވެ،