ޖިންސީ ގޯނާގެ ވާހަކަތައް ދައްކަމުންދާ ތަރިން މަދެއް ނޫނެވެ. ހާއްސަކޮށް އެފަދަ މައްސަލަތައް އާއްމުވާ ދުވަސްވަރުގައި އެފަދަ ވާހަކަތައް ވަރަށް ބޮޑަށް ދެކެވިގެން ދެއެވެ. ފާއިތުވެދިޔަ އަހަރެއްްހާ ދުވަަސް ތެރޭގައި ބޮލީވުޑްގެ ތެރޭގައިވެސް އެފަދަ މައްސަލަތަކެއް ފެންމަތިވެ އެފަދަ ވާހަކަތަކުގެ އަޑުތައް ގަދަވިއެވެ.

އަދި އެއިރު އެތައް ތަރިންނެއް އެ މީހުންނަށް ކުރިމަތިވި ޖިންސީ ގޯނާއާ ގުޅޭ ވާހަކަތައް ހިއްސާ ކުރަން ފެށިއެވެ.

މިއީ ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާ ދިޕިލާ ޕަދުކޯން ދެއްކި އެފަދަ ހިތްދަތި ވާހަކައެކެވެ. އޭނާގެ އުމުރުން އެންމެ 14-15 އަހަރުގައި އޭނާއަށް ޖިންސީ ގޯނާ ކުރި ވާހަކައެެވެ.

އޭނާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ މަގެއްގެ މަތީގައެވެ. އޭނާ އެކަމުން ދިފާއުވުމަށް އެ މީހާގެ ގައިގައި ޖެހީއެވެ.

"އަހަރެން ހަނދާން އެބަހުރި އަހަރެންނާއި އާއިލާ އެހެން މެންބަރުން މަގުމަތީގައި ހިނގާފައި ދަނިކޮށް މިކަމެއް ވީ، އެއީ އަހަރުމެން ރެސްޓޯރެންޓަކުން ކައިގެން ގެއަށް ދަނިކޮށް. އަހަރެންގެ ދައްތަ އާއި ބައްޕަ ދިޔައީ ކުރިއަށް ހިނގާފައި. އަހަރެންނާއި މަންމަ ދިޔައީ ފަހަތުން، ފަހަތުން އައި މީހަކު އަހަރެންގެ ފަހަތުން އައިސް އަހަރެންގެ ގައިގައި ހޭކުނީ، އަހަރެން އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން އަސްލު ދާންވީ، އެކަމަކު އަހަރެން ގޮސް އެ މީހާގެ މޫނު މަތީގައި ޖެހީ". ދިޕިކާ ކިޔާދިނެވެ.

ދިޕިކާގެ އިތުރުން، ސުސްމީތާ ސެން އާއި އިތުރު ބައެެއް ތަރިންވެސް ވަނީ އެ މީހުންނަށް ޖިންސީ އަނިޔާ ލިބުނު ވާހަކަތައް ހިއްސސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަބަދު ހިލޭ ފިރިހެނުންނާ ހޭކިހޭކި ތިބޭ މީހުން ތިކަހަވާހަކަ ދެއްކީމަ ބޮޑު ޖޯކަކަށް ވަނީ .

    42
    4
    • ގެރިބޯ

      މިކަހަލަ ވިޔާނުދާ މީހުންގެ ކޮމެންޓު ޖަހައިދޭކަންވެސް ވަގުތު. މީނަ ދަރިއަކަށް އެކަހަލަ ކަމެއްވިޔަސް ބުނާނީ އެކަހަލަ އެއްޗެކޭ ޔަގީން.

      8
      12
      • Anonymous

        އަހަރުމެން ދަރިން ނުދާނެ ފިރިހެނުންގައި ހޭކޭކައް

        5
        3
    • ހޫމް

      ހަށިވިއްކާ އަންހެނެއް ކަމުގައި ވިޔަސް ތިމަންނަ ރޭޕްކޮށްފިއޭ، ނުވަތަ ޖިންސީ ގޯނާ ކޮށްފިއޭ ބުނެފިނަމަ މައްސަލަ ޖެހޭނީ ބަލަން. އެއީ މައްސަލައެއް.

  2. އަލީ ބުނީ

    ހޫ ލައިގެން ހުރި ޖިންސައް ގޯނާކުރި ވާހަކަ ދޯ. ތީގަ ނެއް އެހެން ކަމެއް ވެފައެއް.

    18
    4
  3. އަޝްރަފް

    މިވެސް ހަމަ ޚަބަރުތަ؟ މި ގޮތަށް ލިޔުމަށްވުރެ ހަމަ އެކަނިސުރުޚީ ޖަހާލުންވެސް ރަނގަޅުވާނެ. ދީޕިކާ ކިޔަ އިދިން ވާހަކަ އެއ އް ނެތް މި ޚަބަރަކު. ހަމަ އެކަނި އޭނާގެ ގަ އިގަ މީހަކު ހޭކުމުން މޫނުމަތީގަ ޖެހިކަމަށް ބުނީ.

    13
    3