ބޮލީވުޑްގައި ފިޔަޖަހަން ފެށި ޖިއާ ޚާންގެ ކުއްލި ވަކިވުމާއެކު އެތައް ވާހަކައެއް ދެކެވެން ފެށިއެވެ. އޭނާ އަމިއްލައަށް މަރުވާންވީ ލައްކަ ސަބަބުތައް ހުންނާނެ ކަމަށްވެސް އެތައް ބަޔަކު ބުންޏެވެ. އެ މަރަށް އަށް އަހަރު ވެގެން ގޮސްފައިވާއިރު، އޭނާގެ މަރުގެ ފަހަތުގައި ވަނީ ކާކުކަން އެންމެ ބޮޑަށް ފާޅުވެގެން ގޮސްފައި ވަނީ އޭނާ ލިޔުނު ހަ ގަޑުގެ ސިޓީގައި ވާ ވާހަަކަތަކުންނެވެ.

2013 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު މަރުވި ޖިއާގެ އެ ސީޓީގައި ވަނީ ބޮލީވުޑުގެ އެކްޓަރ ސޫރަޖު ޕަންޖޯލީގެ ވާހަކައެވެ. އެ ސިޓީ ފެނިފައި ވަނީ ޖިއާގެ ގެއިންނެވެ. އެ ސިޓީގައި އޭނާއާ ޖިއާއާ އޮތް ގުޅުމުގެ ވާހަކައާއި، އޭނާގެ މަރާއި ސޫރަޖް އާ ގުޅޭ ވާހަަކައެވެ. އެ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައިވާއިރު، އެ ސިޓީގައިވާ ކަންކަމާއި ގުޅިގެން އޭނާ ހައްޔަރުވެސް ކުރިއެވެ. އަދި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލިއިރު، އަދިވެސް އެ މައްސަލަ ދަނީ ހިނގަމުންނެވެ.

މިހާރު އެ މައްސަލައިގެ ތެރެއަށް ވަދެފައި ވަނީ ސީބީއައިގެ ހާއްސަ ޓީމެކެވެ.

"މި ދުވަސްތައް އަހަރެންނަށް އެއްވެސް އަލިކަމެއް ނެތް. އަހަރެން ހޭލަނީ ހޭލަން ބޭނުންވެގެން ނޫން، ވަގުތުތަކެއް ދިޔަ އަހަރެންނާއި އޭނާއެކު އުޅެވޭނެ ކަމުގެ، ކުރިމަގު އެކުގައި ބިނާ ކުރެވޭނެ ކަމަށް އުއްމީދު ކުރެވުނު ވަގުތުތަކެއް، އެހެން ނަމަވެސް އޭނާ އަހަރެންގެ ހުރިހާ ހުވަފެންތައް ވިއްސި ވިހާލިކޮށްލި، އަހަރެން ހުރީ ބަނޑުބޮޑުވެދާނެ ކަމުގެ ބިރަށް، އެހެން ނަމަވެސް، އަހަރެންނަށް ދިން ވޭން ކޮންމެ ދުވަހަކު އަހަރެންގެ ދިރިއުޅުމުގައި އެބަ ކުޅޭ، އަހަރެންގެ ފުރާނައަށް ގެއްލުންދިން". ޖިއާގެ ދައްތަ ރާބިއާ ޚާން މީީޑިއާގައި އާއްމު ކުރި އެ ސިޓީގައި ވެއެވެ.

ޖިއާ ލިޔުނު ކަމަށް ބުނާ ސިޓީގެ ގަޑެއް

އެ ސިިޓީގައި އިތުރަށް ބުނެފައި ވަނީ، އެ ހުރިހާ އަނިޔާ އަކާއި، ރޭޕް ކުރުމާއި، އަނިޔާ ކުރުން ފަދަ ކަންކަން ކުރިމަތިވެގެން ދިޔައިރު، އޭނާއަށް މިފަދަ ކަންކަން ވާން ނުޖެހޭ ކަމަށެވެ.

"އަހަރެންނަށް އޭނާގެ ފަރާތުން ލޮތްބެއް ނުފެނުނު، އަހަރެންނަށް ބިރުވެރިކަން ވެރިވެގެން ދިޔައީ، އަހަރެންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދީފާނެ ކަމަށް. ކަލޭގެ ދިރިއުޅުމަކީ ޕާޓީ ކުރުމާއި، އަންހެނުން، އަހަރެންގެ ދިރިއުޅުމަކީ ކަލޭ، އަދި އަހަރެންގެ މަސައްކަތް، އަހަރެން މި ދުނިޔޭގައި ހުރެއްޖެނަމަ އަހަރެންގެ ހިތް ކަލޭއަށް ދެވޭނެ ކަލެއަށް އިންތިޒާރު ކުރެވޭނެ. އެހެން ކަމުން އަހަރެން މި ވަކިވަނީ 10 އަހަރުގެ ކެރިއަރާއި އަހަރެންގެ ހުވަފެންތަަކަށް ދޮނެއް ދީފައި".

އެ ސިޓީގައި އޭނާ ސޫރަޖް ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. އަދި އޭނައަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަން އެ ސިޓީގައި ވެއެވެ. އެހެން ނަމަވެސް ސޫރަޖްގެ ދިރިއުޅުން ހުރީ އޭނާއާއެކު އުޅެން ނޫންކަން އެ ސިޓީން ހާމަވެގެން ދެއެވެ.

"ގޯއާގެ ދަތުރަކީ އަހަރެންގެ އުފަން ދުވަހުގެ ދަތުރެއް، އޭނާ އަހަރެންނަށް ބޭވަފާތެރިވެސް، އަހަރެން އެކަންވެސް ކުރީ، އަހަރެން، ދެ މީހުންގެ ދަރިފުޅުވެސް އެބޯޓް ކުރީ، އެކަމުންވެސް އަހަރެންނަށް ބޮޑެތި އަނިޔާތަކެއް ވަމުން ދަނިކޮށް". އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރު ގިނަ ވާހަކަތަކެއް ހުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު