ދުނިޔޭގެ އެކި ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑު އެއް ގައުމެވެ. އެ ގައުމުގައި މިފަދަ މައްސަލަތައް ކުރިމަތިނުވާ ދުވަހެއް ނުދާ ކަމަށް ވެއެވެ. ކުރީގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ގައުމުގައި ދުވާލެއްގެ މައްޗަށް ރޭޕްގެ 88 މައްސަލަ ފެންމަތިވިއެވެ.

މިފަދަ މައްސަލަތައް އާއްމުވެގެން ދިއުމާއެކު ބައެއް މަޝްހޫރު ތަރިން ވަނީ އެ މީހުންނަށް ކުރިމަތިވެގެން ދިޔަ މިފަދަ މައްސަތަކުގެ ވާހަކަތައް ދައްކާފައެވެ.

އޭގެ ތެރޭގައި ބޮލީވުޑްގައި ނަން ވިދާލެވޭ ތަރިންގެ ތެރޭގައި ހިމެނޭ،ދިޕިކާ ޕަދުކޯން އާއި ސޮނަކްޝީ ސިންހާގެ އިތުރުން، ސޯނަމް ކަޕޫރް ހިމެނެއެވެ.

ސޯނަމް އަށް މި ކަންތައް ކުރިމަތިވީ އޭނާގެ އުމުރުން 13 އަހަރުގައެވެ. އަދި މިކަންތައް ވެފައި ވަނީ މުމްބާއީގެ ގައިއެޓީ ގެލެކްސީ ތިއޭޓަރު ތެރޭގައި ކަމަށް ސޯނަމް ބުނެފައި ވެއެވެ.

"އެތަނުގައި ހުރި މީހަކު ފަހަތުން އައީ، އައިސް އަހަރެންގެ އުރަމަތީގައި ހިފީ، އެއާއެކު އަހަރެންގެ ހަށިގަނޑު ތުރުތުރުލާން ފެށި، މުޅީ މީހާ ދާހިތްލާން ފެށި، އަހަރެންނަކަށް ނޭނގެ ވަނީ ކިހިނެއްކަމެއްވެސް،އަހަރެން އެތަނުގައި ހުއްޓާ ރޯން ފެށިން". ސޯނަމް އަށް އެއިރު ދިމާވި ކަންތައް ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ކުޑައިރު ދިމާވާ ޖިންސީ މިފަދަ މައްސަލަތަކުގެ ސަބަބުން ބޮޑުވުމުން އެކަމުގެ އަސަރުތައް ކުރާ ކަމަށް ވެއެވެ.

ސޯނަމް ދެން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ، އޭކޭ ވީއެސް އޭޭކޭ އިންނެވެ.