ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަކީ ވަރަށް މަދު މީހުންނަށް ކުރެވޭ ކަމެކެވެ. އެފޮތުން އާއްމު ގޮތެއްގައި ބުރަ މަސައްކަތް ކޮށްގެން ޖާގަ މީހުން ހޯދާނަމަވެސް އެއްވެސް ކަހަލަ ބުރަ މަސައްކަތެއް ނެތި އެފޮތުން ޖާގަ ހޯދާ މީހުން ވެސް ތިބެއެވެ.

އެގޮތުން އުމުރުން 31 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސަމަންތާ ރަމްސްޑެލް މިވަނީ އެފޮތުން ޖާގަ ހޯދާފައެވެ. ސަމަންތާއަށް އެ ފޮތުން ޖާގަ ލިބިފައިވަނީ ދުނިޔޭގެ އެންމެ އަނގަ ބޮޑު މީހާގެ ގޮތުގައެވެ.

ސަމަންތާއަކީ ޓިކްޓޮކްގައި ވެސް ވަރަށް ކުރީގައި އުޅޭ މީހެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އޭނާ ޓިކްޓޮކަށް ލާ ވީޑީއޯ ގިނަ ބަޔަކު ބަލާ ކަމަށް ވެސް ވެއެވެ.

އޭނާ ދާދިފަހުން ހިއްސާ ކޮށްފައިވާ ވީޑިއޯއަކުން އޭނާ ވަނީ 1.7 މިލިއަން ފޮލޯވަރުން ހައިރާން ކުރުވާފައެވެ. އެއީ ގިނަ އަދަދެއްގެ ކާއެއްޗެއްހި އެއްފަހަރާ އޭނާގެ އަނގައިގެ ތެރެއަށް ލައިގެން ހުންނަ މަންޒަރު ފެންނަ ވީޑީއޯއެކެވެ.

ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ސަމަންތާއަށް ލިބިފައިވާއިރު، އޭނާގެ އަނގައިގެ ފުޅާ މިނުގައި 6.52 ސެންޓިމީޓަރު ހުރެއެވެ.

ސަމަންތާ ބުނީ، ރިކޯޑު ފޮތުން ޖާގަ ލިބުމުގެ ކުރިން އަނގަ ބޮޑުވުމުގެ ސަބަބުން މީހުންގެ ކުރިމައްޗަށް ދާން އޭނާ ޖެހިލުންވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެއީ އޭނާ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އަދި އޭނާ ވަނީ އެފަދަ ކަމެއް ހުރި ބަޔަކު ތިބި ނަމަ، ރިކޯޑު ފޮތުން ޖާގަ ލިބޭތޯ މަސައްކަތް ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކޮތަރު

  އަހަރެން ހީކުރީ ތިޔަޖާގަ ލިބޭނީ ކެނެރީގޭ އިސްތިއުފާ ދިން ކަލޭގެއަށް ކަމަށް.

  19
  2
 2. ހުސޭނުބޭ

  ކިހިނެއްތަ އަނގަ ބޮޑީ؟
  ގޮދައެއްގެ މަސް އެއްފަހަރާ ކައިލެވޭނެތަ؟
  އަގަބޮޑިއްޔާ ނުބެހޭ މީހެއް، ނުގޮވާ އެއްޗެއް، ނުބެހޭކަމެއް އޮވެގެން ނުވާނެ!