ކައިވެނީގެ ހަފްލާތަކުގައި ނަގާ ވީޑިއޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަން ލިބެއެވެ. އަދި މިފަދަ ވީޑިއޯތައް ވައިރަލްވެ ދެމަފިރިން މަޝްހޫރުވެގެން ދެއެވެ.

އެގޮތުން މިފަހަރު މީސް މީޑިއާގެ ސަމާލުކަން ލިބިގެން ގޮސްފައި ވަނީ އިންސްޓަގްރާމްގައި އަންހެނަކު އޭނާގެ ވާން އުޅޭ ފިރިމީހާ ކައިވެނި ހަފްލާއަށް ތައްޔާރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އަންހެން މީހާ ފިރިހެން މީހާގެ މޫނުގައި ފުށް ޖަހާ މޭކަޕް ކުރާ ތަނެވެ. އެ ވީޑިއޯއިން އަންހެން މީހާ ރަނގަޅަށް ކައިވެންޏަށް ތައްޔާރުވެ މޭކަޕްކޮށްގެން ހުންނަ މަންޒަރު ފެނިގެން ދެއެވެ. އަދި އެ އަންހެން މީހާ ފިރިހެން މީހާ ކޯޓު ލައްވާ މަންޒަރު ފެނިގެން ދާއިރު، އެކަންކަން ނިމުމުން ފިރިހެން މީހާ އަންހެން މީހާގެ ނިއްކުރިއަށް ދޮނެއް ދޭ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Weddingz.in (@weddingz.in)


މި ވީޑިއޯ މީސް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު ދަނީ، އެ މަންޒަރު ފެނިފައި އެދަމަފިރިންގެ އުފާވެރި ދިރިއުޅުމުގެ ތަސައްވަރު ކުރެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އެ މީހުންވެސް ބޭނުންވާ ފަދަ ހަޔާތުގެ ބައިވެރިއެއް ކަމަށްވެސް ބުނެ ކޮމެންޓްކޮށްފައިވާ މީހުންވެސް އެބަތިއްބެވެ.

މިއީ އިންޑިއާގައި ކުރިއަށް ގެންދިޔަ ކައިވެނީގެ ހަފްލާއެއް ކަމަށް ވެއެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ކައިވެނި ކުރުމުގެ ކުރިން ފިރިހެން މީހާއަށް އަންހެން މީހާ ނުދައްކައެވެ. މި އާދަ އަދިވެސް އިންޑިއާގެ ބައެއް ސަރަހައްދު ތަކުގައި އޮވެއެވެ. އެކަމަކު މިއީ އެފަދަ ސަފާގީ ކަންކަމާއި ހިލާފަށް ކޮށްފައިވާ ކައިވެންޏެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު