އޮސްޓްރޭލިއަން ސަލްފާ-ކްރެސްޓެޑް ކޮކަޓޫތައް ކާއެއްޗެހި ހޯދުމަށް ޑަސްޓްބިން ފަދަ ތަކެތީގެ މަތިނެ ގޭނެ އުކުޅެއް މީގެ އަހަރުތަކެއް ކުރިން ދަސްކޮށްފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ. އަދި އެހެން ކޮކަޓޫތައް އެކަން ކުރާގޮތް ބަލައިގެން ދަސްކުރަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެސޮރުމެންގެ އަމަލުތައް ފެނި ހައިރާންވެ، ޖަރުމަނުގެ ސައިންސްވެރިން ވަނީ މި އުކުޅު ދަސްކޮށްފައިވަނީ ކިތައް ކޮކަޓޫތޯ ބެލުމަށް ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާ ޓީމުން 2018 ވަނަ އަހަރު ރިޕޯޓު ކޮށްފައިވާ ގޮތުން މި އުކުޅު ދަސްކޮށްފައިވަނީ ތިން ކޮކަޓޫއެވެ. އަދި 2019 ވަނަ އަހަރު ރިޕޯޓު ކޮށްފައިވާ ގޮތުން އިތުރު 44 ކޮކަޓޫއެއް ވަނީ މި އުކުޅު ދަސްކޮށްފައެވެ.

ޑަސްބިންގެ މަތި ނަގާ 160 ދޫންޏެއްގެ ވީޑިއޯ ބެލުމަށް ފަހު ސައިންސްވެރިން ބުނީ ގިނަ ވައްތަރުތަކުގެ ދޫނިތައް އެފަދަ އުކުޅުތައް ދަސްކުރަމުން އަންނަނީ އެހެން ދޫނިތައް އެކަން ކުރާ ގޮތް ބަލައިގެން ކަމަށެވެ.

ދިރާސާ ކުރުމަށްފަހު ދޫނިތަކުގެ އުޅުން ސައިންސްވެރިން ވަނީ ކޮންމެވެސް ވަރަކަށް ދަސްކޮށްފައެވެ. އެކި ވައްތަރުގެ ދޫނިތައް ކަންތައް ކުރާގޮތް ބަލައި ދިރާސާ ކުރުމަށްފަހު ސައިންސްވެރިން ބުނީ ދޫނިތައް މި އުކުޅުތައް ދަސްކުރުމުން ދޭހަކޮށްދެނީ އާންމުންގެ ތެރެއަށް ނުކުމެ އުޅުމުން ގިނަ ކަންކަން ދަސްވެ، އެތައް ކަމެއް ހޯދާ ބަލައި ކަންކަން ކުރުމަށް ފުރުސަތުތައް ފަހިވެގެން ދާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަނާ

    ކޮބާ ވީޑިއީ