މީގެ 16 އަހަރު ކުރިން "ލޯބިވިއްޔާ" ވީޑިއޯ ލަވައިން އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނުނު، މިހާރު ފިލްމް އިންޑަސްޓްރީގެ އުހުގައި މަސައްކަތް ކުރާ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ) ހިމެނެެއެވެ. އައްޒަ އަކީ ފިލްމް އިންޑަސްޓްރީ އާއި މީސް މީޑިއާގައި "ރާނީ" އެކެވެ. އޭނާއަށް ފޮލޯކުރާ މީހުން ގިނައެވެ.

އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) އަކީ ގިނަ ބަޔަކަށް އެންމެ ކަމުދާ ޖޯޑެވެ. ދެ މީހުންގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ދެ މީހުންވެސް އެކަކު އަނެކަކަށް ހިތުގައި އޮންނަ ލޯބި މީސް މީޑިއާގައި ބަންޑުން ކޮށްލާ ފަހަރު އާދެއެވެ. ޗުއްޓީ ހޭދަކޮށްލަން ނުވަތަ ހަފްތާ ބަންދަށް ތަނަކަށް ދިޔަޔަސް މީސް މީޑިއާގައި ހިއްސާކުރެއެވެ.

އައްޒަ ވެލިދޫގައި

މުއާ އޭނާގެ އުފަން ރަށް ނ. ވެލިދޫއަށް ގޮސްފައިވާ ކަން މީސް މީޑިއާ ޕްލެޓްފޯމްތަކުން ހާމަވެގެން ދިޔައީ މީގެ ތިން ދުވަސް ކުރިންނެވެ. މުއާ ރަށަށް ކުރި ދަތުރުގައި އައްޒައެއް ނުދެއެެވެ. އެކަން ހާމަވެެގެން ދިޔައީ ސްޓޯރީތަކުގައި ދެ މީހުންވެސް އެކަކު އަނެކަކު މަތިން ހަންދާންވާކަން ހާމަކޮށް ހިއްސާކޮޮށްފައިވާ ފޮޓޯތަކާއި މެސެޖުތަކުގެ ސަބަބުންނެވެ.

އައްޒަ ސްޓޯރީގައި ހިއްސާކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

މުއާ ވެލިދޫއަށް ދިޔަތާ ތި ންދުވަސް ފަހުން އައްޒަވެސް މިހާރު ވަނީ ވެލިދޫއަށް ގޮސްފައެވެ. އައްޒަ ވެލިދޫއަށް ދިޔައިރު އޭނާގެ ދަރިފުޅު އީތަން ގެންދިޔަ ކަމެއް ޔަގީނެއް ނޫނެވެ. އައްޒައަށް މަރުހަބާ ކިޔައި މުއާގެ އާއިލާ ބައެއް މީހުން މީސް މީޑިއާގައި އައްޒަ ގެއަށް ވަދެގެން އަންނަނިކޮށް ނަގާފައިވާ ވީޑިއޯގައި އީތަން ފެންނާކަށް ނެތެވެ.

މިއަދު އައްޒަގެ އިންސްޓަގްރާމް ސްޓޯރީން ފެނިގެންދިޔައީ މުއާގެ މަންމަ ފެނިގެންދާ ބޫމެރޭންގް އެކެވެ. އިންސްޓަގްރާމް ސްޓޯރީގައި އެ ވީޑިއޯ ހިއްސާކޮށްފައިވަނީ 'މައިޓު' މިފަދައިން ލިއެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހިސާނު

    ލިޢާނެ އެއްނެތިން އުޅޭ ބައެްޢް މީ ޙުވާ

    21
    1
  2. މުއާޒުގެ މަމް

    ސޯ

    18
    1
  3. ސިމް

    ބޯހަލާކު.

    18
  4. ސަމާ

    "..މުއާ އޭނާގެ އުފަން ރަށް ނ. ވެލިދޫއަށް ގޮސްފައިވާ ކަން މީސް މީޑިއާ ޕްލެޓްފޯމްތަކުން ހާމަވެގެން ދިޔައީ މީގެ ތިން ދުވަސް ކުރިންނެވެ."
    ހީވަނީ ބަޔަކު އެބައުޅޭހެން މިމީހުން ވާނުވާބަލަން. އަބަދު ވަގުތުނޫހަށް ޕެއިކޮށްގެން ޖައްސާ ސްޓަންޓް ތިއީ.

    11
    1
  5. ތޔރ

    އަހަހަހހަރުމެންނައްކީއް އައްޒަ ކޮންމެރަށަކައް ދިޔަސް

    11
  6. Anonymous

    މައިޓް ކިޔުމަށް ވުރެ ލޯބިވާ މައިދާތަ ނުވަތަ މަންމަ ކިޔާނަމަ ލޯބިވާ މިންވަރު ހާމަ ވާނެ
    މައިޓް ޒަމާނީ ބަހަކަށް ވިޔަސް ފިރިމީހާގެ މަންމަ ނުވަތަ މައިދައިތައަށް އިޚްތިރާމް ކުޑަ ކުރެވޭ ކަމުގެ ސިފަ ވަނީ

    4
    1