ފިލުމެއް ބަލައިލުމަށް ތިއޭޓަރަކަށް ވަދެފި ނަމަ ޕޮޕްކޯންއާއި ނުލާ އެ ފިލުމު ބަލައިލުން ފުރިހަމައެއް ނުވެއެވެ. ޕޮޕްކޯން ކިތައްމެ އަގު ބޮޑު ނަމަވެސް ކުޑަ ތައްޓެއްގެ ޕޮޕްކޯން ނަމަވެސް ގަނެގެން ފިލުމު ބަލައި އިރު އެ ކައިލަން ޖެހެއެވެ.

ތިއޭޓަރުތަކުގައި ޕޮޕްކޯން ވިއްކަން ހުންނަނީ ތަފާތު ތަށި ތަކުގައެވެ. އެންމެ ކުދި، މެދު މިންވަރު އަދި ބޮޑެތި ތަށިތަކުގައެވެ. މި ތަށިތަކުގެ ސައިޒާއި އަގަކީ ޕޮޕްކޯން ގަތުމުގެ ކުރިން އެންމެ އިސްކަން ދީގެން ބަލައިލެވޭ ކަންކަމެވެ.

ތަށި ތަކުގައި ޕޮޕްކޯން ހުރި މިންވަރު ނުބަލައި އަގާއި ތަށީގެ ސައިޒަށް ބަލާފައި ޕޮޕްކޯން ގަތުމަކީ ހުރިހާ ހިސާބެއްގައި ވެސް އާއްމުކޮށް މީހުން ކަންތައް ކުރާ ގޮތެވެ.

ތިއޭޓަރު ތަކުގައި ވިއްކަން ހުންނަ ޕޮޕްކޯން ތަށިތަކުގެ ސިއްރު ހާމަ ކުރީ ތިއޭޓަރެއްގެ މުވައްޒަފެކެވެ. ޓިކްޓޮކްގައި ''ދެޓް ކޫލް ގައި 25597'' ގެ ނަމުގައި ހިންގާ އެކައުންޓަކުން ކުރި ވީޑިއޯއެއްގައި މިވަނީ މި ހަގީގަތް ހާމަ ކޮށްދީ ދެވަނަ ފަހަރަށް ތިއޭޓަރުން ޕޮޕްކޯން ގަތުމުގެ ކުރިން އެކަމާއި މެދު އެންމެން ވިސްނުމަށް މަޖުބޫރު ކުރުވާފައެވެ.

https://youtu.be/mCyb_FVwfwE

މި ވީޑިއޯގައި ބުނެފައިވާ ގޮތުން އާއްމުކޮށް މީހުން ގަންނަނީ މެދު ސައިޒުގެ ޕޮޕްކޯން ތަށި ކަމަށެވެ. އެއީ އަގުގެ ގޮތުންނާއި ތަށީގެ ގޮތުން ވެސް އެންމެ ގިނަ ނޫން ނުވަތަ އެންމެ މަދު ނޫން ވީމައެވެ.

ނަމަވެސް މި މެދު މިނުގެ ތައްޓަށް ޕޮޕްކޯން އަޅައި މިންވަރަށް ކުދި ތަށީގައި ވެސް ހުރެއެވެ. މެދު މިންވަރެއްގެ ތަށްޓެއްގެ ޕޮޕްކޯން ހެޔޮ އަގުގައި ކުދި ތަށިން ލިބެން ހުރި ނަމަވެސް ނޭނގި ނަމަވެސް މީހުންނަށް އިހުތިޔާރު ކުރެވެނީ މެދު މިންވަރެވެ.

އެކި ސިނަމާތަކުގައި މިކަން ތަފާތު ވީ ނަމަވެސް މި ވީޑިއޯއަށް ފަހު ޕޮޕްކޯން ތަށި ގަތުމުގެ ކުރިން ރަނގަޅަށް ބަލައިލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު