މީސް މީީޑިއާގައި އާއްމުކޮށްފައި ހުންނަ ޕަޒްލްތަކާއި، ފޮޓޯތަކުގައި ފޮރުވިފައި ހުންނަ އެއްޗެހި ހޯދަން ބޭނުންވާނަމަ މިއޮތީ އަނެއްކާވެސް ގޭމެކެވެ. މި ގޭމް ފުރިހަމަކޮށްލަމާ ހިނގާށެވެ.

އެމެރިކާގެ އެންމެ ބޮޑު ޒުލުގެ އޮފިޝަލް ޕޭޖް ކަމަށްވާ ދަ ބްރޮންޒް ޒޫއިން މި ވަނީ އެފަދަ ވީޑިއޯއެއް އާއްމުކޮށް އެ ވީޑިއޯގައިވާ ހަތަރު ސޫފި ހޯދުމަށް އެންމެން ކައިރީގައި އެދިފައެވެ.

އެ ޒުލުގެ ޓްވިޓާ ޕޭޖާއި، ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ، ފަތްތަކާއި، ގަސްތަކުގެ ގޮފިތަކެވެ. އެ ވީޑިއޯއަށް ބަލާލުމުން މިއީ ފަސޭހަ މަސައްކަތަކަށް ނުވެދާނެއެވެ.

 

View this post on Instagram

 

A post shared by Bronx Zoo (@bronxzoo)


މިދިޔަ ހުކުރު ދުވަހު އެ ވީޑިއޯ އާއްމުކޮށްފައިވާއިރު، އެ ވީޑިއޯގެ ފޮޓޯތަކުގައިވާ ހުރިހާ ސޫފިތައް ހޯދުމަށް އެދިފައި ވެއެވެ.

އެ ވީޑިއޯގައި އެފަދަ ތިން ފޮޓޯއެއް ހިމަނާފައިވާއިރު، ސްޓޭޖްތަކަށް ބަހާލާފައި ވެއެވެ. އެގޮތުން ފުރަތަމަ ފޮޓޯއިން ފެނިގެން ދަނީ އެންމެ ސޫއްޕެކެވެ. އަދި ދެވަނަ ފޮޓޯ އާއި ތިން ވަނަ ފޮޓޯއިން ހަތަރު ސޫފި ފެނިގެން ދެއެވެ.

އެހެންކަމުން އެ ސޫފިތައް ފެނިއްޖެނަމަ އަވަހަށް ކޮމެންޓް ކުރާށެވެ. ހާއްސަކޮށް މަތީގައި ފޮޓޯގައި ފިލާ އޮތް ހަތަރު ސޫފި އޮތް ތަން އެނގިއްޖެނަމަ އަވަހަށް ކޮމެންޓް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދު

    ލިޔާނެ އެއްޗެއް ނެތީތަ

    • ވަގުތު

      އާ އެވަރުންވެސް ދީނީ ނޫނީ ގިޔާމަތުގެ ވާހަކައެއް ނުލިޔާނެ

  2. ހިމަ ހޯލި

    ދަނޑިކޮޅެއްހެން ގަހާ އެއްކުލަވެގެން އޮތީމަ ނޭނގޭނެ ދޯ ސޫތްޕެއް ފެނުނަސް..އެއޮތް ގުރާފެހި ވާލާ ފެނުނީމަ އެނގޭ އެއީ ސޫތްޕެއްކަން..

  3. ކާފަ

    މަތީގައި އެތުރިގެން އެތިބަ ހުރިހހާ (ސްޓިކް އިންސެކްޓް) ހޯލި ސޫފިތައް