ދިވެހި ފިލްމީ ދާއިރާގެ އެންމެ "ލޯބި ޖޯޑު" ކަމަށް ގިނަ ބަޔަކު ބުނާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) މިހާރު ތިބީ ނ. ވެލިދޫގައެވެ. އެއީ މުއާގެ އުފަން ރަށެވެ.

ވެލިދޫ އާޓިފިޝަލް ބީޗު މޫދުުގައި އެލުވާފައިހުރި އުނދޯއްޔެއްގައި އަންހެން ކުއްޖަކު އުނގައްލައިގެން އައްޒަ އިށީންދެލައިގެން އިން އިރު، އައްޒަގެ ދަރިފުޅު އީތަން ހުރީ އުނދޯލީގައި ކޮޅަށެވެ. މުއާ ވަނީ އެ ރީތި ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

"ފެނުމުން ނިކަން އުފާވިޔޭ، މިހިތަށް އެހާ އަރާމުވިޔޭ" އެ ފޮޓޯ މުއާގެ އިންސްޓަގްރާމް އެކައުންޓުން ހިއްސާކޮށް ލިއެފައިވެއެވެ.

މުއާ ކުރި ޕޯސްޓަށް ކޮމެންޓްކޮށް އައްޒަ ބުނެފައިވަނީ "އިންތިހާ އުފާވެރިކަން" މިހެންނެވެ.

ވެލިދޫއަށް ކުރި ދަތުރުގައި އެންމެ ފުރަތަމަ އެރަށަށް ދިޔައީ މުއާ އެކަންޏެވެ. އޭރު މުއާއާ އެކުގައި އައްޒަ ދަތުރު ނުކުރި ކަމުގައި ވިޔަސް މުއާ ވެލިދޫއަށް ދިޔަތާ ތިން ވަނަ އަށް ވީ ދުވަހު އައްޒަަ ހުރީ ވެލިދޫގައެެވެ. މުއާގެ އުފަން ރަށަށް ކުރި މި ދަތުރުގައި އީތަންވެސް ބައިވެރިވިއެވެ.

މި ދެމީހުންނަކީ ވެސް މީސް މީޑިއާގައި އެކްޓިވް ބައެކެވެ. ފިލްމް އިންޑަސްޓްރީއިން ވެސް ލޯބި ޖޯޑެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ މި ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯބި ފަށުވި އިބާރާތްތަކާއި ލޯބި މެސެޖުތަކުން މީސް މީޑިއާގައި ބަންޑުންކޮށްލާ ފަހަރު އާދެއެވެ.

މިއީ މީސް މީޑިއާގައި އެކްޓިވް ޖޯޑަކަށް ވާއިރު މުއާއަށް އިންސްޓަގްރާމްއިން 23،700 މީހުން ފޮލޯކުރެއެވެ. އަދި 96،800 މީހުން އައްޒައަށް ފޮލޯ ކުރެއެެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހެޔޮނުވާނެ

    ހޫން. މިހާރު ތިލިޔަނީ ޚަބަރެއްނޫން. ތިއުޅެނީ ދެމަފިރިންގެ ދެމެދަށް ވަންނަން. އަވަހަށް ތިކަމުން ދުރުވޭ!

    27
    2
  2. ޔތރ

    ހާދަ ފޫއް ސޭއައްޒައޭ ކިޔާއަޑު އިވުނަސް

    35
    1
  3. ރަދީފް

    މުއާ އާއި އައްޒަގެ ޚަބަރު ލިޔަން ވަކިން ކެޓަގަރީއެއް ހިމެނުން އެދެން.

    39
    1
  4. ޝިދާތާ

    އަބަދު މިދެމީހުންގެ ޚަބަރު. ބޯ ހަލާކު.

    35
    1
  5. އަންނި

    މި ދެމީހުން ވަރިވާނެ އިރަކަށް ވަރަށް އިންތިޒާރުކުރަން!

    22
    16
  6. ސުމާ

    މިއޮތީވާކަމެއް.އަހަރުމެންނަށް ކީއްތައެމީހުން ކޮންމެ ގޮތަކަށް އުޅުނިއްޔާ.މިހާރު ނޫހެއް ކިޔާކެވޭކަށްނެތް.މުއާ މިވެނި އެއްޗެކޭ އައްޒަ މިވެނި އެއްޗެކޭ.މިމީހުން އެކަނިތަ މީހުންނާ އިނދެގެން ލޯބިން އުޅެނީ؟އަހަރުމެން މާލޯބިން މިއުޅެނީ.ތިމީހުންތީ އެހެންމީހުންނަށް ދެއްކެން އިސްތިހާރުވާން އުޅޭބަޔެއް.ލޯބިވާކަމަށްހެދިގެން.

    41
    1
  7. ޝަރީފް

    މި ދެމީހުންގެ ވާހަކަ ޖެހުން ހުއްޓާލަބަލަ.

    33
    1
  8. ހިސާން

    × ވަރަށް އުފާވޭ މިދެމީހުންގެ ޚަބަރު ކޮންމެ ދުވަހަކު ކިޔަން ލިބޭތީ!

    6
    37
  9. އަލީ

    މިވާ ދެމަފިރިންނެއް!

    22
    1
  10. މޫސަ

    ސުބްހާނައްﷲ

    21
    1
  11. އަލީ

    أستغفر الله

    23
    2
  12. މޫސަ

    އައްޒަ ކައިރި ބުނެލަން ބޭނުންވަނީ އައުރަ ނިވާ ކުރާޝޭ.

    38
    2
  13. ރީއާނު ރަޝީދު

    މި ދެމީހުންނާ ނުބެހޭ.

    5
    15
  14. ާރީއާނު ރަޝީދު

    ވަރަށް ކޫލް ދެމަފިރިން

    3
    17
  15. ޕިރާނީ ބެހީނާ

    ވަރަށް ލޯބި ދެމަފިރިން

    3
    18
  16. Anonymous

    ވަރަށް ގަބޫލު ކުރަން ދަތި ހިތައް އަރާމު ވިއްޔޭ ބުނީމަ.

    18
    4
  17. ބޮލި މުލައް

    މިފަދަ ފޮޓޯތައް ނޫސްވެރިކަމުގެތެރެއިން ޢާއްމުކުރުމަކީ ދެރަވަރު ކަންތައް

    29
    2
  18. ނާލި

    ކިހާ ދެރަކަމެއްމީދެން

    29
    1
  19. ހަނީފް

    މާތްކަލާކޯއެވެ. ދެމަފިރިން ކަމުގައިވިޔަސް މިފަދަ ލޯބީގެ ގުޅުންތައް އޮންނަންވާނީ އެކަނިވެރި ތަންތާގައެވެ. އަޚުލާޤީ ގޮތުން އިސްލާމީ މިޖުތަމަޢުގައި ލޯބިވާ އަނބިމީހާއާވެސް ގައިގޯޅިވެ ދޮންދީ އުޅެންވާނީ އެހެންމީހުންގެ ހިލަން ނުވާތަންތާގައެވެ. އެހެންނޫނީ އަހަރެމެންގެ ކުޑަކުދިންނަށާއި ޒުވާނުންނަށް އަދި ޢާއްމު މުޖުތަމަޢަށް އެދެވެނީ ވަރަށް ނުބައި މެސެޖެކެވެ. ރަނގަޅު ވާހަކައެއް ރަނގަޅުވާންވާނީ ކޮންމެހެންނަކުން ޤައުމުގެ ބޮޑުން ބުނެގެނެއް ނޫނެވެ. އަހަރެމެން އުޅެން މާތްﷲ ކަނޑައަޅުއްވާފައިވާ އިންތައް ނޭނގޭ މީހަކު މި އިސްލާމީ ޤައުމުގާ އުޅޭނެކަމަކަށް ޤަބޫލެއްނުކުރަމެވެ. މިފަދަ ކޮމެންޓުތައް ބައެއް ނޫސްތަކުން ނުޖައިދޭތީ ވަރަށް ހިތާމނަކުރަމެވެ. ނޫސްވެރިންވެސް ހަމަ ދާންއޮތްތަނަކީ އެއްތަނެކެވެ.

    37
  20. އަޙްމަދު

    އަބަދު މިދެމީހުންގެ ވަހަކަ ދައްކަކީ ކޮންކަމެއް ނުވެގެންބާ! ތިދައްކަނީ މާކަ ރީތި މަންޒަރު ތަކެއްނުން! ތިހެން އުޅެންޔާ މާގިނަދުވަހެއް ނުވާނެ!!!!!

    12
  21. ކަންގަނާ

    ނޮންސެންސް!

    10
  22. ޢިންޖިނިއަރ އެޑިލް

    ސާބަސް ފުޅޭ މި ނޫހުގެ ހިންގުން ތެރިން ނަށް ..އެއްމެ ސައުގު ވެރި ހަބަރުތަކަކީ މި ޖޯޑް ގެ ވާހަކަ ތަށް ...ގިނަ ގިނައިން ގެނެސް ދޭނެ ކަމަށް އުއްމީދު ކުރަން

  23. 🙇

    😠😠😠😠😠

    • ކެތް

      😛😛😛😛😛

      2
      1
  24. ކިއާ

    ސާބަސް
    މި ދެމީހުނަށް ވަކި ކެޓެގަރީއެއް ހަދާކަށް ނުވިސްނަންތަ! އާ އެހެންޏާ ފަހެ އެހެން މީހުންވެސް އެބައުޅޭ ވިއްޔަ މި ދުނިޔޭގައި. ލާރިކޮޅެއް ދީގެން އުޅެންޏާ މި “ވަގުތު” ކުދިން ހީވާނެ މޮޔަވެދާނެހެން.

  25. Anonymous

    އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް އުޅެމާ.
    މީހުންނަށް ފެންނަގޮތަށް ގައިގޯޅިކޮށް އުޅުމަކީ ދެމަފިރިން ވިޔަސް ވ. ލަދުވެތި ކަމެއް.

  26. ސޭކުސްތާނު

    ތި ދެމީހުން އިންސްޓަގްރާމަށް ނުވަތަ މީސްމީޑިއާ އަށް ދޫކޮށްލާ ކޮންމެ ޕޯސްޓެއް ހަބަރެއްގެ ގޮތުގަ ލިޔަން ޖެހޭތަ؟ ހިޓްސް ހޯދަން ވިޔަސް ބޮޑުވަރު ތީ

  27. 🙂

    ހިތްތަށް ހަމަޖެހޭނީ މާތްﷲ ގެ ރުއްސެވުން ހޯދޭ ވަރަކަށް.

  28. މަންޖެ

    އައްޒަގެ އުނގުގައި އިން އަންހެން ކުއްޖާއަކީ މުއާގެ ދަރި، ރޫބީ.