ނެޓްފްލިކްސް އިން މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް ސީރީޒް "މަނީ ހެއިސްޓް" ގެ ސީޒަން 5 ގެ ވޮލިއުމް 1 ގެ އޮފިޝަލް ޓްރެއިލަރ މިއަދު ދައްކާލައިފިއެވެ.

މަނީ ހެއިސްޓްގެ ފަސްވަނަ ސީޒަން އަދި އެންމެ ފަހު ސީޒަންގެ އިންތިޒާރުގައި އެތައް މިލިއަން ބަޔަކު ތިބޭތާ އެތައް މަހެއް ވެފައިވާއިރު ފަސްވަނަ ސީޒަންގެ ވޮލިއަމް އެކެއް ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު ތިނެއްވާ ހުކުރު ދުވަހުއެވެ.

ނެޓްފްލިކްސް އިން ބުނާގޮތުގައި މަނީ ހައިސްޓްގެ ފަސްވަނަ ސީޒަންގެ ވޮލިއަމް ދޭއް ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވައެވެ.

https://youtu.be/htqXL94Rza4

ގާތްގަނޑަކަށް ދެ މިނެޓުގެ މި ޓްރައިލާގައި ތަފާތު އެތައް ކަންތަކާއި މަނީ ހައިސްޓުގެ ބައިވެރިންނާއި ކުރިމަތިވާތަން ފެނެއެވެ. އެގޮތުން މި ޓްރެއިލާގައި ޕްރޮފެސަރު ހައްޔަރުކުރާ މަންޒަރު ފެނިގެންދެއެވެ. ކުރިން ދެއްކި އެއްވެސް ސީޒަނެއްގައި ޕްރޮފެސަރު ހައްޔަރު ނުކުރެވެއެވެ.

މި ސީޒަންގައި ނައިރޯބީގެ މަރުގެ ބަދަލު ހޯދުމަށް ޓީމުގެ ބައިވެރިން މަސައްކަތް ކުރާއިރު ލިސްބަން ބެންކް އޮފް ސްޕެއިނަށް ވަދެ ވައްކަމުގައި ބައިވެރިވެއެވެ. ވައްކަމަށްވުރެ ބޮޑަށް މިފަހަރުގެ އެޕިސޯޑުގައި ފެންނަނީ ހަނގުރާމަކުރާ މަންޒަރެވެ.

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް މަނީ ހައިސްޓް ދައްކަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. މި ސީރީސްގައި މިހާތަނަށް ހަތަރު ސީޒަން ގެނެސްދީފައިވާއިރު ޖުމްލަ 31 އެޕިސޯޑް މިހާތަނަށް ވަނީ ގެނެސްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު