ޖީއެން ސައިކަލަކީ މިހާރު ދިވެހި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު މަރުކާގެ ސައިކަލެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދިވެހި ޒުވާން ފިރިހެނުންގެ މެދުގައި އަދި މި ސައިކަލު އިންތިހާއަށް މަގުބޫލު ވެފައިވާ ވަކި ސަބަބެއް ބައެއް ފަރާތްތަކަށް ނޭނގެއެވެ. މިކަމުގެ ފޮރުވިފައިވާ ސިއްރަކީ ކޮބާ ބާވައެވެ؟

ADS BY OOREDOO

ޖީއެންއަކީ އެހެން ސައިކަލުތަކާއި އަޅާ ބަލާއިރު އަގުހެޔޮ ވެފައި ގިނަ ދުވަހު ދެމިހުންނަ ސައިކަލެކެވެ. ގިނައިން ތެޔޮ އެއްފަހަރާ އެޅޭ ނަމަވެސް ތެޔޮ ހަރަދު ކުޑަ ޖީއެންގައި މައްސަލަ ޖެހުންވެސް މަދު ކަމަށް އެ ސައިކަލު ދުއްވާ ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ދިވެހި ޒުވާން ފިރިހެނުންގެ މެދުގައި މި ސައިކަލު އެހާ މަގުބޫލު ވެފައި ވަނީ މި ސަބަބުތަކަށްޓަކައި ބާވައެވެ؟

މިކަމާ ބެހޭ ގޮތުން ސައިކަލުގެ ދުނިޔޭގެ "ސައިކަލު ވިސްޕަރާ" ކަމަށް ދައުވާ ކުރާ ޒުވާނަކާ ސުވާލު ކޮށްލީމެވެ. އޭނާ އެކަމާ ބެހޭ ގޮތުން ދިން ޖަވާބު ވަރަށް ވެސް ތަފާތެވެ.

"މީ ދެން ޝައްކެއް ވަސްވާހެއް ހުރި ކަމެއްތަ ބްރޯ؟ އެންމެން ޖީއެން ނަގަނީ އެ މޮޅު ވެގެނެއް ނޫން ވަކި އަގުވެސް ހެޔޮ ވެގެނެއް ނޫން. ކަލޭއަށްވެސް އެނގޭނެ އޭތި ނަގަނީ ފަރި ދެއްކެން ކަން. ރީތި ބިޓުން ހޯދަންކަން." އޭނާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

"ސައިކަލު ވިސްޕަރާ"ގެ ހިޔާލަކީ ތެދު ހިޔާލެއްތޯ ބަލާލުމަށް ދެ އަންހެން ކުއްޖަކާ ސުވާލު ކޮށްލީމެވެ. އޭގެ ތެރެއިން ފުރަތަމަ އަންހެން ކުއްޖާ ދެއްކީ "ސައިކަލު ވިސްޕަރާ" ދެއްކި ވާހަކަތަކާއި ދާދި އެއްގޮތް ވާހަކަތަކެކެވެ.

"ވަރަށް އޮބްވިއަސް އެއްޗެއް ތީ. ބައެއް ގާއިޒް އާންމުކޮށް ތިބޭނެ ޖީއެންތަކުގަ ވަރަށް ވެފަ. އެއީ ހަމަ ތުއި ދެއްކެން. އަންހެން ކުދިންނަށް. ލައިކް ވަރަށް އޮބްވިއަސް ކޮށް. އެކަމަކު ހަމަ ތުއި ނުދައްކާ މީހުންވެސް އުޅޭނެތާ، ޓު ބީ ފެއާ." ސުވާލު ކުރި ފުރަތަމަ ކުއްޖާ ބުންޏެވެ.

ޖީއެންއާއި ބެހޭ ގޮތުން ސުވާލު ކުރި ދެވަނަ އަންހެން ކުއްޖާ ދެއްކީ "ތުއި ދެއްކެން" އުޅޭ ފިރިހެނުންނަށް ހިތް ކިޔާ ވާހަކައެވެ. އޭނާ ބުނީ ޖީއެން ދުއްވާ ފިރިހެނުންގެ ހާއްސަ "ގޮތެއް" ހުންނަ ކަމަށެވެ.

"ނޭނގެ ބުނެދޭކަށް، އެކަމަކު ހާދަ ރީއްޗޭ އަޅެ. ތަފާތު ގޮތެއް ހުރޭ ބޯއިޒް ޖީއެން މަތީގައިި ހުންނަ އިރު. އައިއަށް ހަމަ ރީތި، ދޮގެއް ނުހަދާނަން. އެހެން ބައިވަރު ކުދިންވެސް އުޅޭ ހަމަ ޖީއެން ދުއްވާ ފިރިހެނުންނާ އެއްކޮށް." ޖީއެން ދުއްވާ ފިރިހެނުން ރީތިވަނީ ކީއްވެ ކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނަ ބުންޏެވެ.

ADS BY SHEESHA

ހުރިހާ ކަމަކީ، އެކަމެއް ދިމާވާން ވަކި އެއް ސަބަބު ހުންނާނެ ކަމަކަށް ނުވެދާނެއެވެ. އެފަދައިން ޖީއެން ދުއްވާ ފިރިހެނުން ރީތިވަނީވެސް އެންމެ ސަބަބަކަށްޓަކައި ކަމުގައި ނުވެދާނެއެވެ. އެހެން ކަމުން އެކަމުގެ ފަހަތުގައިވާ ހުރިހާ ސަބަބެއް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

32 ކޮމެންޓް

 1. ޖީއެން ދުއްވާ ކުދިންކޮޅުގެ ދިރިއުޅުމުގެ ހާލަތު ބަލާލާ އެކަމަށް އާޓިކަލްއެއް ލިޔަން ފެނޭ. ހަމަގައިމުވެސް އަޅުގަނޑަށް އެ ދުއްވާ ކުދިންކޮޅު އުޅެނީ އެއްގޮތަކަށް. ވިސްނުން އެއްގޮތް ވަނީ ކަންނޭގެ. ފެންނުވަރާ ރީތިވެގެން އުޅޭ ޓައިޕްއެއީ

 2. ސަޅި އިސްތިހާރެއްތީ

 3. މިހާރު އުޅޭ އަންހެން ކުދިން ބޭނުންވަނީ ސައިކަލް ފަހަތުގައި އިންނައިރު ކާރީ ޖެހިފިތިގެން އިންނަން، އަބަދު ހޭކި ހޭކި އިންނަން. ޖީ.އެން ގައި އިންނައިރު މި ގޮތަށް ހޭކި ހޭކި އިނދެވޭނީ. އަންހެން ކުދިން ކާފަރުކަމުން ޖީ.އެން. އަށް އަރަން ބޭނުންވަނީ. ޖީ.އެން އެއްވެސް ރީއްޗެއްނުން.

 4. މަށައް އެއްވެސް ރީއްޗެއް ނުން

 5. ޖީ އެން ދުއްވާ އެތައް ބައެއް އުޅޭ ސިންގަލް ކޮށް

 6. ޖީއެން އެއީ މަރުކާ އެއްނޫން، ސުޒުކީ އަކީ މަރުކާ އަކީ، ތަންދޮރު ނުފިއްޔަސް ތަންތާ ލިޔެގަންނާތި... ވެދުން

 7. ތީ ހަމަ ހުސް ފޭކް. ޖީއެން ވިޔަސް ސުޒުކީ މަރުޓީ ވިޔަސް، ބައިސްކަލެއް ވިޔަސް އެމީހެއް ހުންނަ ގޮތަކުން ކަމުދާނީ. ޖީއެންގެ މާކެޓިން ސްޓަންޓެއް ކަމަށް ބޮޑަށް ބެލެވެނީ.

 8. އެއެއް ނޫން ވާގޮތަކީ. އަންހެން ކުދިން ނހީކުރަނީ ޖީއެން އަކީ ވަރަށް އަގުބޮޑު ސައިކަލެއް ކަމަށް.

 9. ތީ ޖީއެން ސައިކަލް ވިއްކަން ބޭނުންކުރާ އުކުޅެއްތޯ؟ ހުރިހާ ވައްތަރެއްގެ ސސައިކަލު ދުއްވާ ކުދިންނާއި މީހުންވެސް ރީތި،

 10. ހީލޭ ދީނަސް ޖީއެން ސައީކަލެއް ބޭނުމެއްނޫން.. އެއީ ނުވަދީހައީގެ ކުރީކޮޅު އަހަރެމެން ބާކޮއްލާފަ އެއްލާލީ އެއްޗެއް.. ފީއުލް ކޮންސަމްޝަން ބޮޑު ސުޕެއަަރ ހޯދަން ދަތީ އަދީ ޔޫޓީލީޓީ ކުޑަ ޕާރކު ކުރަން އުނދަގޫ އެއްޗެއް..

 11. ނޫން ތިއިން އެއްވެސް ސަބަބެއް އޮވެގެންނޫން. ޢާއްމުކޮށް ޖީއެން މަޝްހޫރުވެފައިވަނީ އެތިކޮޅު ކޮޅު ބައްލަވާ ޒުވާން ފުރައިގެ ކުދިންގެ މެދުގައި. އެކުދިން އަންހެންކުދިންނަށް ކަމުދަނީ ކޮންމެހެން އެ ސައިކަލު ދުއްވާތީއެއް ނޫން.

 12. ކޮންމެ ބިޓަކަށް ޖީއެން ސައިކަލެއް........ މި މަޝްރޫޢު ކުރިޔަށް ގެންދާނީ ކޮން އިރަކުންތަ؟

 13. ވަގުންގެ ސަރުދާރު

  އަޅުގަނޑަށް ހީވާގޮތުގަ ތީ އިސްތިހާރެއް

 14. މީގަ ޚަބަރަކީ ކޮބާ ؟؟؟؟

 15. ޖީއެން އައް ވުރެ ސޫކޫޓީވެސް މާރީތި.. މިހާރު އެބަހުރި ތިއައްވުރެ މާރީތި އަދި އަގު ބޮޑު ސައިކަލް.. ތީ ދެވަނަ ބޮޑު ހަނގުރާމައިގަ ބަޑި ތަޅަން ގެންގުޅުނު ބާ ލޯޑަރެންނު

 16. ވަކި އެއްޗެއް ދުއްވީމަ ރީތިވޭތަ؟ ހުސް ފޮނި.

 17. ޖިއެން ސައިކަލް ދުއްވަނީ މިހާރު ގިނައިން ޕާޓެންތަށް އެހެންވެ.

 18. ބިޔުޓިފުލް އިޒް ޖީ އެން ސައިކަލް ދެ ފުރުޅު ލައިކް ދިވެހި އަނހެން ކުދިން ކޮފީމޭޒު އޒް ރައުްޑް ޓޭބަލް އޯލް ގާލް ލައިކް ރައުންޑް ބޯލް

 19. މި ލިޔުން ކުއްޖާ ހާދަ ދިރާސާ އެކޭ އަމިއްލަ ނަފްސާ ސުވާލު ކޮއްގެން ހަދާފަ ތިހުރީ.

 20. ތުއިދައްކަން ދުއްވާބައެއް އެއި. މިހާރު އެހާ ރީއްޗެއް ނޫން. ސައިކަލު މަށްޗަށް އަރާބޮޑުވެފަ އިނަސް މިހާގެ އަހުލާގު އެހާ ރީއްޗެއް ނޫން.ވަރަށް ހަޑި. ގިނައީ ދެއްކޭ ފިރިހެނުން. އހުލާގު ނެތް ހުތުރު ގިނަބައެއް އަސްލު މިހާރު ޖީއެން ގަ ގިނައީވެސް. ސޯ އައި ޑޯންޓް ލައިކް ދެމް އެޓް އޯލް

  • ތިބުނީ ތެދެއް. އަހަރުމެން ޖީއެން އަށް ކިޔަނީވެސް ޕާ-ޭ ސައިކު! ވިސްނިއްޖެ ދޯ؟

 21. ޖީއެން ސައިކަލު އިޝްތިހާރުކޮށްލަން ޖަހާލި ސްޓަންޓެއްތީ.. މަ ރައްޓެހި ސޮރަކު މުސްކުޅިއެބަވޭ ޖީއެންސަ2ިކަލު ދުއްވާދުއްވާ.. ތިޔަ ބުނާ އަންހެނަކު އަދިވެސް އެސޮރަކަށް ނުލިބޭ

 22. ބޮކަރު އަތަރު

  ތަނަކުން ފިރިހެނަކު ފެންނައިރަށް އެމީހަކާ ދިމާލަށް ދުއްވައިގަންނާނީ ވަރަށް "ޗީޕް" އަންހެންކުދިންނެވެ. އެފަދަ އަންހެން ކުދިންނަށް ހަރުދަނާ މައިންތަކަކަށް ނުވެވޭނެއެވެ.

 23. އަޖައިބެއް،..ސައިކް އިސްތިހާރު ކޮއްލީތި