ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ)މަސް ކަނޑަން އިން ފޮޓޯއެއް އާއްމުކޮށްފިއެވެ.
މިވަގުތު އަމިއްލަ ރަށް ނ. ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންދާ މުއާ މަސް ކަނޑަން އިން ފޮޓޯއެއް އާއްމުކޮށްފައިވާެއިރު، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ފޮޓޯތަކެވެ.
އާއްމުކޮށް މިފަދަ ފޮޓޯތައް މަޝްހޫރު ތަރިން ހިއްސާކޮށްވެސް ނޫޅެއެވެ.
އެހެން ނަމަވެސް މިއަދު އެ ފޮޓޯ ހިއްސާކޮށް މުއާ ވަނީ އެއީ އޭނާގެ ބައްޕަ އޭނާއަށް ދަސްކޮށްދިން ކަމެއް ކަމަށް ބުނެފައި ވެއެވެ.
View this post on Instagram
"ދިރިއުޅުމެއްގައި ކޮންމެހެން ކުރަން ޖެހޭ ނިކަން ގިނަގުނަ ކަންކަން ބައްޕަ ދަސްކޮށްދިން". މުއާ އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
މުއާ އާއްމުކުރި އެ ފޮޓޯއިން ފެނިގެން ދަނީ ގޮނޑިއެއްގައި އިށިންދެލައިގެން އިދެ މަސްކަނޑަން އިންނަ ތަނެވެ. އެ ފޮޓޯގެ ފަހަތުން ޖޯއްޔެއްގައި މީހަކު އިން މަންޒަރުވެސް އެ ފޮޓޯއިން ފެނިގެން ދެއެވެ.
މުއާ އެ ފޮޓޯ އާއްމުކޮށްފައި ވަނީ މީގެ 40 ވަރަކަށް މިނުޓު ކުރިންނެވެ. މިހާތަނަށް އެ ފޮޓޯއަށް 200 އަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު، އޭނާގެ އަންހެނުން ބަތަލާ މަރިޔަމް އައްޒަވެސް އެ ފޮޓޯއަށް ކޮމެންޓްކޮށްފައި ވެއެވެ.
އައްޒަ ކުރި ކޮމެންޓްގައި ބުނެފައި ވަނީ، އެ ފޮޓޯއިން ހުރިހާ އެއްޗެއްވެސް އެނގޭ ކަމަށެވެ. އަދި މުއާއަކީ އެންމެ ބެސްޓް ކަމަށްވެސް ބުނެފައި ވެއެވެ.
މުއާ މިވަގުތު ރަށުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ބަތަލާ އައްޒަވެސް މިހާރު ހުރީ އޭނާ ކައިރީގައެވެ.
ހެހެހޭ.
ޢެހާ މުހިންމު ޙަބަރެއް ނޫން ތިއީ. އެމީހުންކުރާ ކޮންމެ ކަމެއް ހަބަރެއް ގޮތުގައި ނުލިއުން އެދެން. ބަލައިގަންނަ ބެއެއްނޫންތިއީ
ފޮޑިއެއް ޖެހިޔަސް ލިޔެލާތި. ޙަބަރަކަށް ވާ ކަހަލާ އެެއްޗެއް ލިޔެލަބަލަ.
އަދި ދިޔަފަހުން ފާހާނާ ކުރިކަން ނާންގަނީ އެއީ..
މީނަމީ ނިކަން ކަންދައްކަން އުޅޭ ދެއްކުންތެރި މީހެއް، މިނޫނަސް ފިލްމީ ސްޓާރުންނޭ ކިޔާ މީހުން މިޤައުމުގައި އުޅޭ!
މިދެން ކިހާ ދެރަކަމެއް! މީއީ ވަގުތަށް ބަލަދު އަރާމީހަކީބާ މިނާ މާވަރަކަށް އިޝްތިހާރު ކުރަނީ!
ވަގުތު ނޫސް މީނަގައިން ނުނެއްޓިގެން އުޅެނީ މީކިހާފެންވަރެއްގެ މީހެއްބާ
އެހާ މަސް ކެނޑިއިރު އަތުގައި ނެތް ލޭ ކޮޅެއް ވެސް ފެން ކޮޅެއްވެސް.
އައްޒަ ޑޮޓްކޮމް
ޥަޓް އަ ޖޯކް ވަގުތު
މީވެލިދޫގައިއުޅެބޮޑުވިސޮރެއްމީނަމަސްކަޑައިގެންބޮޑުވީވެސްނިހާރުފިލްމުސްޓާރަކަށްވިޔަސްފުކެއްބޮޑުވަރުހައިރާނެއްނުވާނެވެލިދޫމީހުންނެއް
މުއާ އަށް ފޮޑިއެއް ޖެހިއްޖެ
މުއާ ގަމީހު ގޮއްއަޅުވައިފި
މުއާ ފައިވާނަށް އަށް އަރައިފި
މުއާ މުއާ ކިޔައިފި
މުއާ ބުނީ މުއާ އޭ
މިއީ ވެސް ޚަބަރެއްތަ. ފުކެއް ބޮދުވަރު.
އަދި ދިޔަފަހުން ފާހާނާ ކުރިކަން ނާންގަނީ އެއީ..
ކޮމެންޓު ކުރި މީހުންނަށް ޝުކުރިއްޔާ! އަދި ރަށުން އަންނަ އިރު ތި މީހުންނަށް ހަދިޔާ ގެންނަން ގަސްދު ކުރާ ވާހަކަ ދަންނަވަން!
މޮޅު