ބޮލީވުޑްގެ އެކްޓަރު ސައިފު ޢަލީ ޚާނާއި ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާނަކީ މީސް މީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ.

ފިލްމީ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް އިންސްޓަގްރާމުގައި ހިއްސާ ކުރާ ސާރާގެ ނޭފަތް ހަލާކުވުމުން އެކަން މީސް މީޑިއާގައި ހިއްސާ ކޮށްފައިވަނީ މަޖާ ޕޯސްޓަކުންނެވެ.

އިންސްޓަގުރާމުގައި ވީޑިއޯއެއް ހިއްސާކޮށް ސާރާ ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ ކިބައިން މައާފަށް އެދިފައެވެ.

މި ވީޑިއޯ ފެށޭއިރު ސާރާގެ ނޭފަތް މަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ނަގާއިރު އޭނާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ އައިސްފައިވާ މަންޒަރު ފެނެއެވެ.

ސާރާގެ މި ޕޯސްޓަށް އެތައް ބަޔަކު ކޮށްފައިވާ ކޮމެންޓްކޮށްފައިވެއެވެ. އެގޮތުން އޭނާގެ ނޭފަތަށް ވީ ކިހިނެއްތޯ ބައެއް މީހުން ސުވާލު ކޮށްފައިވާ އިރު ބަލައިގެން އުޅުމަށް އަނެއް ބަޔަކު ވަނީ އިލްތިމާސް ކޮށްފައެވެ.

ސާރާ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ޑިސެމްބަރު 7، 2018 ވަނަ ދުވަހު ރިލީޒް ކުރެވުނު ފިލުމު ''ކެޑަނާތު'' އިންނެވެ. އޭގެ ފަހުން ސާރާ ވަނީ ކާމިޔާބު އެތައް ބޮލީވުޑު ފިލުމެއްގައި މަސައްކަތް ކޮށްފައެވެ.

ސާރާ ކުޅެފައިވާ ފިލުމުތަކަކީ ސިމްބާ، ލަވް އާޖުކަލް 2، ކޫލީ ނަންބަރު 1، އަތުރަންގީ ރޭއެވެ. ސާރާ ދެން އެންމެ އަވަހަށް ފެންނާނީ އަކްޝޭ ކުމާރާއި ދަނުޝްއާއި އެކު ފިލުމު ''އަތުރަންގީ ރޭ'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޠ

    މަޖާވާނީ ތިޕޯސްޓް އަހަރުމްނެނަށްވެސް ފެނުނިއްޔާ ދޯ

    10