ހާއްސަ ހަފްލާތަކާއި، ހާއްސަ ދުވަސްތަކަށް އާ ހެދުމެއް ހޯދުމަކީ ގިނަ ދިވެހިންގެ ހަރުލާފައި ހުންނަ އާދައެކެވެ. ރީތި ހެދުމެއް ހާއްސަ ދުވަސްތަކަށް ހޯދައި، ކުރިޔާލާ ދުވަހަށް ތައްޔާރުވާ މީހުން ގިނައެވެ. އެގޮތުން މިނިވަން ދުވަހަށް ތައްޔާރުވެ، ދުވަހާއި ގުޅުވައިގެން ގިނަ ބަޔަކު ހެދުން ފަހާފައިވެއެވެ. އާންމުންގެ މެދުގައި މަގްބޫލް އެތައް ފަންނާނުންނެއް ވެސް ވަނީ މިނިވަންދުވަހާއި ގުޅުވައިގެން ދިވެހިވަންތައް ހެދުންތަކެއްގައި ފެނިގެން ގޮސްފައެވެ.

މިނިވަންދުވަހާއި ގުޅުވައިގެން 100 އަށްވުރެ ގިނަ ދިވެހިން ހިމަނައިގެން ކޮރިއޯގްރާފާ އަދި ޕްރޮޑިއުސަރ ޖާދުﷲ އިސްމާއިލް އުފެއްދި މިނިވަން ދުވަހުގެ ލަވަ ކަމަށްވާ 'ގަލަމުންވެ ސޫރަ ރަންދެލީ' އިން ދިވެހިން ފަންނާނުންގެ ތެރެއިން 'ނަންބަރ 1' ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ނިއުމާ މުހައްމަދު ފެނިގެންދިޔައީ ކަނޑު އަޑީގެ މަންޒަރުތައް ފެނިގެންދާ ހެދުމެއްގައެވެ. މިއީ މަޝްހޫރު ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއިލް ޑިޒައިންކޮށް ފަހައިދީފައިވާ ހެދުމެކެވެ.

ނޫ ކުލައިގެ އެކި ޝޭޑްސް ހިމެނޭ ހެދުމެއްގައި ބޯވަޅު އަޅައި، ފަސްބައިގައި މުރަކަތަކާއި، އެކި ކަހަލަ މަސްތައް ފެންނަން ހުރި މި ހެދުން ފެހުުގެ މަސައްކަތަކީ މިއީ ގާތްގަނޑަކަށް 3 ގަޑިއެއްހައި އިރުގެ މަސައްކަތް ކަމަށް ޖާދު ބުންޏެވެ.

"ވަރަށް ކުރިންސުރެ ނިއުމާއަށް ކަނޑު އަޑީގެ ހެދުމެއް ހަދަން ދެމީހުން ވެސް ވާނީ ވާހަކަ ދައްކާފައި. އެހެންވެ އެގޮތަށް ކުރިޔަށް ގެންދިޔައީ. ޖާދުގެ އަމިއްލަ ހިޔާލަށް ކުރިން ވެސް ކުރިޔަށް ގެންދަން ބޭނުންވެފައި އިން އެއްޗެއް އެއީ" ހެދުމާއި ގުޅިގެން އިތުރު މައުލޫމާތު ދެމުން ޖާދު ބުންޏެވެ.

ޖާދު ބުނީ އަބަދުވެސް ދިވެހިވަންތަ ހެދުމެއް ތައްޔާރު ކޮށްލަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ރަނގަޅު ދުވަހަކަށް ބަލައި މިނިވަން ދުވަހު އެ ހެދުން ދައްކާލީ ކަމަށް ޖާދު ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ މިނިިވަން ދުވަހުގެ ޖަލްސާއަށް އިންވިޓޭޝަން އަންނަ ކަމަށާއި، މިފަދަ ހެދުންތައް އާންމު ކުރުމުގެ ސަބަބަކީ އެއީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ގިނަ ދިވެހިންނޭ ނުބުނޭ ، އެއީ ދެއްކޭ އަންހެނުން ، އަދި ފޮނިބޮޑު އަންހެނުން ،

    4
    2