ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ޖެހުމާ ދެކޮޅު ހަދައި ވެކްސިން ނުޖަހާމީހުންނާ ގުޅުން ކަނޑާލުމަށް ޖެނިފާ އެނިސްޓަން ނިންމައިފިއެވެ.
ހޮލީވުޑްގެ ފިލްމީ ތަރި ޖެނިފާ އެނިސްޓަން ބުނީ ވެކްސިން ޖެހުމާ ދެކޮޅު ހަދައި ވެކްސިން ނުޖަހާ މީހުންނަށް އެއްވެސް ވަގުތެއް ނުދެވޭނެ ކަމަށާއި އެމީހުންނަކީ ސައިންސުގެ ހަގީގަތް އެނގެން ވެސް ބޭނުންނުވާ މީހުން ކަމަށެވެ.
އެންމެ މަގުބޫލު ސީރީސް ފްރެންޑްސްގައި ވެސް ފެނިގެންދާ އެނިސްޓަން ބުނީ އާލަމީވަބާގެ ތެރޭގައި އަބަދުވެސް ހަބަރުތައް އަޑު އަހާކަމަށާއި ކޮންމެ ދުވަހަކުވެސް ނިދާ ހޭލަނީ ކޮވިޑުން ސަލާމަތްވެސް ކުރީގެ އާދައިގެ ދުވަހެއް ލިބުމުގެ އުންމީދުގައި ކަމަށެވެ.
އެނިސްޓަން ބުނީ ވެކްސިން ޖެހުމަށް ގަބޫލު ނުވި ބައެއް ރައްޓެހިންނާ ދެކޮ ޅުހަދާފައިވާ ކަމަށާއި އެފަރާތްތަކަކީ އެއްގޮތަކަށްވެސް ހަގީގަތް ގަބޫލުކުރަން ބޭނުންވާ ބައެއް ނޫން ކަމަށެވެ.
ވެކްސިން ޖެހުމާ ދެކޮޅު ހަދައި ވެކްސިން ނުޖަހާ ފަރާތްތައް އެމެރިކާގައި ގިނައިރު ބައެއް މީހުންނަކީ މާސްކު އަޅަންވެސް ދެކޮޅު ހަދާ މީހުންނެވެ. އެފަދަ މީހުން ގަބޫލުކުރާގޮތުގައި ކޮވިޑަކީ ހަގީގަތެއް ނޫނެވެ. އަދި އެއީ މީހުން އޮޅުވާލުމަށް ސަރުކާތުތަކުން ކުރާ ކަމެއް ކަމަށް އެފަދަ މީހުން ބުނެއެވެ.
އަހަންނައް ހެޔޮ.