އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު "ބެލް ބޮޓަމް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައި މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ އިނގިރޭސިވިލާތުގައެވެ. ކޮވިޑް-19 އާއި ގުޅިގެން މި ފިލްމު ރިލީޒް ކުރުން އެތައް ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ.

ބެލް ބޮޓަމްގައި އަކްޝޭގެ އިތުރުން ދެން ފެނިގެންދާ ތަރިންނަކީ ލާރާ ދައްތާ އާއި، ކަޕޫރް އަދި ހުމާ ގުރޭޝީއެވެ.

މި ފިލްމަކީ އަކްޝޭގެ މިއަހަރުގެ ފުރަތަމަ ފިލްމަށްވާއިރު މިއަހަރު އިތުރު ފިލްމުތައްވެސް ނެރޭނެކަމަށް ބެލެވެއެވެ. އަކްޝޭގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވިރާޖް" ، "އަތުރަންގީ ރޭ" އަދި "ބަންދަން" ހިމެނެއެވެ.

އަކްޝޭ ކުމާރުގެ ފިލްމުތަކީ މީހުން ޝައުގުވެރިވާ ގޮތަށް ގިނަ ވާހަކަތަކެއް އެނގިގެންދާ ފިލްމުތަކެއްކަން ފާހަގަ ކުރެވެއެވެ. މި ފިލްމު ކުޅެން ނިންމި ހިސާބުންވެސް ގިނަ ބަޔަކު ވަނީ ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަން ހާމަކޮށްފައެވެ.

ބެލް ބޮޓަމްގެ ޓްރެއިލާ ނެރުމުން އަކްޝޭގެ ފޭނުން ވަނީ މި ފިލްމުގެ ޓްރެއިލާއާ ގުޅޭ އެތައް ވާހަކަތަކެއް ދައްކާ ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު