މިހާރަކަށް އައިސް އެކިއެކި މީމްސް ހަދައި މީސްމީޑިއާގައި ފަތުރަމުން ދިއުން އާންމު ވެއްޖެއެވެ. މީމްސްއަކީ ފިލްމުތަކުންނާއި އެކި މަންޒަރުތައްކުން ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން އެޔަށް ލިޔުންކޮޅު ލައިގެން ތައްޔާރުކުރާ ފޮޓޯއެކެވެ. މީމްސް ބޭނުންކުރަނީ ޖޯކުޖެހުމާއި ފުރައްސާރަކުރުން ފަދަ ކަންތައްތަކަށެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރޯށި ކައިރީ ބިން މަތީ އޮށޯވެ އޮންނަވައިގެން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިހުތިޖާޖް ކުރެއްވުމާއި ގުޅިގެން ސޯޝިއަލް މީޑިއާގައި އެތައް މީމްސްއެއް ދައުރުވާން ފަށައިފިއެވެ.

ޖާބިރުގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ މީމްއެއް، ފޮޓޯ: މީސް މީޑިއާ

ޖާބިރު ކުރެއްވި އިހުތިޖާޖުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް މީމްސް ހަދަމުންދާއިރު އޭގެ ތެރެއިން އެއް ވީޑިއޯއަކުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަޑައިގެން ޖާބިރު ނަންގަވަން މަސައްކަތް ކުރައްވާ މަންޒަރު ފެނެއެވެ. އެ ވަގުތުކޮޅު މިއީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގު ބޭނުންކޮށް ކުރަމުންދާ އިހުތިޖާޖެއް ކަމަށް ޖާބިރު ވިދާޅުވާ އަޑު އިވިގެންދެެއެވެ. މިއީ ރައްޔިތުން ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި، "މަށެއް މިތަނުން ނުދާނަން" މިހެން ޖާބިރު ވިދާޅުވާ އަޑު ވީޑިއޯއިން އިވިގެންދެއެވެ.

ޖާބިރުގެ ފޮޓޯ އެޑިޓްކޮށް ހަދާފައިވާ މީމްއެއް - ފޮޓޯ: މީސް މީޑިއާ

މި ވީޑިއޯތަކާއި އެެކު މީމްސްތައް ހަދައި ސޯޝިއަލް މީޑިއާގައި މިފަދަ އެތައް ޕޯސްޓެއް ޝެއާ ކޮށްފައިވާއިރު، ގިނަ ބަޔަކަށް މިކަން ވެގެން ދިޔައީ މަޖާކަމަކަށެވެ. މިފަދަ ޕޯސްޓްތަކަށް ލިބިފައިވާ ޝެއާއިން މިކަން ރަނގަޅަށް އެނގެއެވެ.

ޖާބިރުގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ މީމްއެއް، ފޮޓޯ: މީސް މީޑިއާ

މީގެ ކުރިންވެސް ޖާބިރު ބުނެފައިވަނީ ބައެއް ވާހަކަތަކާއި، ބައެއް ވީޑިއޯތައް ބޭނުންކޮށްގެން މީމްސް ހަދައި ސޯޝިއަލް މީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

މީމްސްތައް ދައުރުވަމުން ދަނިކޮށް ފުރައްސާރައާއި މަލާމާތް ނުކުރުމަށް ބުނެ ޖާބިރުގެ ދިފާއުގައި ބަޔަކު ނުކުމެ މީސް މީޑިއާގައި ޖާބިރުގެ ނަން ފަވާލައިފިއެވެ. ޖާބިރުއަށް ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށާއި، އޭނާ މުޅިން ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޓްވީޓާގައި އަޑު އުފުލަމުންނެވެ.

ޖާބިރަށް ފާޑުކިޔައި މީމްސްތައް ވައިރަލްވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ދެތިން ހަފްތާ ކުރިން ޖާބިރާއި އެކުގައި ވަގުތު ހޭދަކުރި ކަމަށާއި، ޖާބިރު މުޅިން ރަނގަޅު ނޫންކަމާއި އޭނާއަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. މި ދަނޑިވަޅުގައި ޖާބިރަށް މަލާމާތްކުރުމާއި، މަލާމާތް ކުރަމުންދާ މީހުންނަށް އެއްބާރުލުން ނުދިނުމަށް އުޝާމް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދުންމާރި

    ކުޑަކަމެއް އައިބުވަނީ ޖާބެ ކޯޓު ފަޓުލޫނުގަ ނެތުން ވަރަށް އައިބު

    24
    • ބޯބުރާންތި007

      ތިތާ މުންޑެއް ލައިގެން ދަށު ކަންގަނޑު ވައްޓާލައިގެން އިންނާށޭ ބުނޭ. އޭރަށް ފެންނަ މަންޒަރު މާރީތި ވާނެޔޭ ޖާބެ ކައިރީގަ ބުނޭ.

      18
      2
  2. ބޯބުރާންތި007

    މިކަހަލަ ހިނދުކޮޅުގައި އަބަދު ތިބޭ މީހުން މަޖިލީހުގަ ތިބީމަ ރައްޔިތުން މި ޖެހެނީ ލަދުގަންނަން ، ޖާބިރު އަވަހަށް ގުރައިދޫ އަށް ފޮނުވާ ، އެތާހުރެގެން ތިހާވާ ހަޑިއެއް ހާވާ، އޭނަ އެހުރީ ތަސައްރަފު ކެނޑިފަ.

    20
  3. ސުމަން މިޔާ

    -- ޖާ ހޮއްކޮ އަތު ގައި ލޮލީ އެއް އޮތްނަމަ ސަޅި!

    18
  4. އަލްޖިބްރާ

    ހަމަހޭގާ ނުތިބެވޭ މީހުންގެ ފަރާތުން ތިޔަ ޒާތުގެ ކަންތައް ފެނުމަކީ މާ އާކަމެއްނޫން !

  5. ބީރަށްޓެހިމީހާ

    އަހަރެމެން ކުޑައިރު މާލެމީހުން ކިޔާނެ ބީރައްޓެހިން 5ކުޅަނދު މަދުވާނޭ. އެހެންވީމާ ބީރަށްޓެހިން މާލޭ މީހުނަށްވީމާ 1ރާތާ މަދުވާނެ. ޖާބެ އެހުރީ އެހެންވެފާ.

    14
    4
  6. ފޭރު

    މީމްސް ގިނަމީހުން ހަދަނީ މަލާމާތާ ފުރައްސާރަ ކުރާކަށްނޫން އެއީ ފޫހިފިލުވުމަށް މަޖަލަކަށް ކުރާކަމެއް. މަލާމާތައް އެކަން ކުރާ މީހުންވެސް އުޅޭ.

    5
    1
  7. އާބިރު

    އެއީ އެކަހަލަ އެހީ ބޭނުންވާ މީހެއްނަމަ އޭނަގެ ގޮނޑި ހުސްވާންޖެހޭ. އެވަރު މީހުން ގާނޫނު ހަދާ މަޖްލިހުގަ ބައިތިއްބުމަކީ މަޖްލިހުގަ ތިބޭ މީހުންވެސް ހަމައިގަ ނެތްކަން އަންގައިދޭ ކަމެއް.

  8. ކައުންސެލަރު 🙌

    ފިލްމު "ހޮނޑާފުށި" ގެ ފަހުސީންގެ ފަހުސީން.

  9. އެޖެންޑާ2021

    ހަމައިގަތިބޭމީހުން ބަލަންޖެހޭތަ ޖޭ ބިރު އަބަދު
    ހަމައިގަ ހުރެދާނެކަމަށް. ބަލަ ޖާބިރު ހޮވިމީހުން
    ވެސް މިހާރު އެކަމާ ލަދަގަންނާޅަ.

  10. އަހަންމަދު

    މިފަދަޙާލުގަ މިފަދަތަނެއްގެ ކުރިމަތީގަ
    މީހަކު އުޅެނިކޮށް ފެނުނީމަ ފުލުހުން
    އެމީހަކު ވަގުތުން ހައްޔަރުކޮށް
    އެމީހަކު އެހުރީ ދުނިޔޭން މޮޔަވެފަތޯ
    ނުވަތަ ބަގުރާބޮއެ
    މަސްތުވެފަތޯ ނޫނީ އެހެންވެސް
    މަސްތުވާ އެއްޗެއް ބޭނުން
    ކޮއްގެންތޯބަލާ