ބިނީ ސެލްވެޓޯ ނަމަކަށް ކިޔުނު އަންހެނަކު އޭނާ ބޭބެ ބިލާލް ސެލްވެޓޯގެ ކައިވެނީގެ ހަފްލާއަށް ނުދިޔައީ ބިލާލް ކައިވެނި ކުރާ އޭނާގެ ލޯބިވެރިޔާ ބިނީގެ އުމުރުން ދެއަހަރުގެ އަންހެން ދަރިފުޅު ޕާކަށް އެކަނި ދޫކޮށްލައި ކުއްތާއެއްގެ ފަހަތުން ދިޔުމުން ކަމަށް ބިނީ ބުނެފިއެވެ.

ހާއްސަކޮށް އެމެރިކާ މީހުންގެ މެދުގައި ވަރަށް މަގުބޫލް މީސް މީޑިއާ ވެބްސައިޓެއް ކަމަށްވާ ރެޑިޓްގައި ބިނީ ކުރި ޕޯސްޓެއްގައި ބުނީ މީގެ ކުރިން އޭނާ އާއި ބޭބެ ބިލާލް އަދި ބިލާލްގެ ލޯބިވެރިޔާއާއި އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. ބިލާލް އާއި އޭނާގެ ލޯބިވެރިޔާ އެކުގައި އުޅޭތާ 8 އަހަރު ވެއްޖެ ކަމަށާއި، ބިނީއަށް އެކުއްޖާ ރަނގަޅުވެފައި ވަރުގަދަ ގުޅުމެއް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ކަމަށް ބިނީ ބުނެފައިވެއެވެ.

ނަމަވެސް، އެ ގުޅުން ހީނަރުވެގެން ދިޔައީ ދަރިފުޅު ބަލަން ފަހަރި އާއި ހަވާލުކުރި ހިސާބުންނެެވެ. ބިނީ ވަޒީފާއަށް ދާންފެށި ހިސާބުން އެމަޖެންސީކޮށް ދަރިފުޅު ބަލާނެ މީހެއް ހޯދަން ޖެހުނެވެ. ބިނީ ބުނެފައިވާ ގޮތުން އެކަމަށް ބޮޑު ހަރަދެއް ދާނެތީ އެކަން ކުރަން ފަހަރި ބޭނުންނުވީ ކަމަށެވެ. ފަހަރި ކުއްޖާ ބަލައިދޭން އެއްބަސްވުމުން ކުއްޖާ ހަވާލުކޮށްފައިވަނީ ފަހަރިއާއިއެވެ.

ބިނީ ވަޒީފާއަށް ނުކުތުމުން އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާއި ކުއްތާ ގޮވައިގެން ޕާކަށް ހިނގާލަން ނުކުތެވެ. އެ އުޅުމުގެ ތެރޭގައި ކުއްތާ ދުއްވައި ގަތުމުން އެ ފަހައި ބިނީގެ ފަހަރި ދުވީ ޕާކުގައި ދަރިފުޅު ބާއްވާފައި ކަމަށް ބިނީ ބުނެއެވެ. ކުއްޖާ އެތާ ބޭއްވުންކަން ފަހަރިގެ ހަނދާނަށް އައީވެސް އޭގެ ދެ ގަޑިއިރު ފަހުން ކަމަށް ބިނީ ރިޕޯޓު ކޮށްފައިވެއެވެ.

މީހަކު ކުއްޖާ ރަހީނު ނުކޮށް ސަލާމަތުން ދަރިފުޅު ފެނުން ކަމަށާއި، ނަމަވެސް އެކަމާއި ބިނީ ހިތްހަމަ ނުޖެހި އިތުރަށް ފަހަރިއާއި ކުރިމަތިލާން ބޭނުން ނުވުމުން ބިލާލް އާއި ފަހަރީގެ ކައިވެނީގެ ހަފްލާއަށް ނުދިޔައީ ކަމަށް ބިނީ ބުނެއެވެ.

މިރާ ނޫހުން މި ހަބަރު ރިޕޯޓު ކޮށްފައިވަނީ ރެޑިޓްއާއި ހަވާލާދީއެވެ. މިހާދިސާ ހިނގި ސަރަހައްދެއް ރެޑިޓްގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު