ފިރިމީހާ އަދާ ކުރި ވަޒީފާއަށް ލަދުން މަގުމަތިން ފިރިމީހާ ފެނުމުން ދަންނަ ކަމަށް ވެސް ނުހެދި އަންހެނަކަށް ބޮޑު ލަނޑެއް ލިބިގެން ދިޔަ ވާހަަކަ ހިއްސާ ކުރި ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން މި ވަނީ ލިބިފައެވެ.

މިއީ ސީދާ ކޮން ގައުމެއްގައި ހިނގާދިޔަ ހާދިސާއެއްކަން ނޭނގުނު ނަމަވެސް، މިއީ އެތައް އިބްރަތްތެރި ހާދިސާއެކެވެ.

އެންޑްރިވް ނަމަކަށް ކިޔާ މި ފިރިހެން މީހާއަކީ ސޭލްސް ރިޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އެއިރު އޭނާއާއި އޭނާގެ އަންހެނުން ލިޓާގެ ކައިވެންޏަށް ދެ އަހަރުވެއްޖެއެވެ.

ލިޓާގެ ރަނގަޅު ކަމުން އެއީ ހަގީގީ ލޯބިކަމުގައި ހީކުރެވުނު ކަމަށް ވެސް އެންޑްރިވް ބުނެފައިވެއެވެ. ނަމަވެސް ކޮވިޑް-19ހެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން ވަޒީފާތަކުން މީހުން މަދު ކުރިއިރު އެންޑްރިވްގެ ވަޒީފާ ވެސް ގެއްލުނެވެ. އެ ހިސާބުން ލިޓާއަށް ވެސް ބަދަލުތަކެއް އައެވެ.

އަނބިމީހާގެ ޝަކުވާތަކަށް ކެތްނުކުރެވިގެން ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ނަމަވެސް ގޭތެރޭގެ ހަރަދުތައް ބަލަހައްޓުމަށް ފައިސާ ހޯދުމަށް މަގުމަތި ކުނިކަހާ މީހެއްގެ ވަޒީފާގައި އެންޑްރިވް މަސައްކަތް ފެށިއެވެ.

ގެއިން ކޯޓު ފަޓުލޫނު ލައިގެން ނިކުންނަނީ އަންހެނުން ހިތްހަމަ ޖައްސައިދޭށެވެ. ނަމަވެސް އަންހެނުން ވިޔަފާރިކޮށްލަން ނިކުމެ އުޅެނިކޮށް އެންޑްރިވް ފެނުމުން އެކަމާ ވަރަށް ޝަކުވާ ކުރި ކަމަށް އެންޑްރިވް ބުންޏެވެ.

މި ހިސާބުން ކަންތައް އިތުރަށް ގޯސްވެގެން ދިޔައީ، އަނބިމީހާގެ ރަހުމަތްތެރިއެއް ކަމުގައިވާ ހެލެނާ އަލަށް ފަށަން އުޅުނު ބޭކަރީ ވިޔަފާރީގައި އެހީތެރިވެދިނުމަށް އެންޑްރިވް ނިންމި ހިސާބުންނެވެ. އޭނާ އެކަން ކުރަން ބޭނުންވީ ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ.

އެކަން އެންޑްރިވްގެ އަނބިމީހާއަށް އެނގުމުން އިތުރަށް ލަދުގަންނަން ބޭނުންނުވާ ކަމަށް ބުނެ އެ ކައިވެނި ރޫޅާލާ ގެއިން ވެސް ނިކުމެގެން ދިޔައެވެ.


ނަމަވެސް އެންޑްރިވްއާއި ހެލެންގެ މަސައްކަތުން ބޭކަރީ އިތުރަށް ފުޅާވެ މަޝްހޫރުވެ ބޮޑު ވިޔަފާރިއަކަށް ވެގެންދިޔައެވެ. އަދި އެވިޔަފާރީގައި 50 އިންސައްތަ ޕާޓްނާޝިޕް ވެސް ލިބުނެވެ.

އެންޑްރިވްގެ އަތްމަތި ތަނަވެސްވެ ތިޔާގިވާން ފެށުމުން ކުރީގެ އަންހެނުން ލިޓާ އެނބުރި އޭނާގެ ހަޔާތަށް އަންނަން ބޭނުންވި ކަމަށް އެންޑްރިވް ބުންޏެވެ.

ނަމަވެސް އެއިރު އެންޑްރިވްއާއި ހެލެންގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. އަދި އެދެމީހުން ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެންޑްރިވް ބުންޏެވެ.

ފިރިމީހާއަށް ލިޓާގެ އެހީ އެންމެ ބޭނުންވި ދުވަހު ލަދުން ދިޔުމުގެ ނަތީޖާއަކަށް ވީ އެ ހުތުރު މަސައްކަތުން ބޮޑު ވިޔަފާރިއެއް ފަށައި އެންޑްރިވްއާއި ހެލެން ދިރިއުޅުމެއް ފަށައިގެން އުފަލުގައި އުޅޭތަން ބެލުމެވެ.

އެންޑްރިވް ބުނެފައިވާ ގޮތަކީ ހަގީގީ ލޯތްބަކީ ނިކަމެތިވާ ވަގުތު ވެސް އެކަމަށް ހިތްވަރުދީ އެކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނނނ

    ތިހެން ދިމާވޭ މިރާއްޖޭ ކުދިންނަށްވެސް

    29
  2. ❤️

    May Allah reward you all with goodness

  3. ނައިބު

    ހަމަ ނުޖެހޭ ފޭކު ވާހަކަތައް.. އެއް އަހަރު ކުރިން ލޮކްޑައުންއާއި ހެދި ވަޒީފާ ގެއްލުނީ ކަމަށް ވީޑިޔޯ ފެށިއިރު ބުނި. ވީޑިޔޯ ނިމުނު އިރު މި ބުނަނީ ފަހުން ދިމާވި މަންޖެއާއި އިނދެގެން އުޅޭތާ މިހާރު 4 އަހަރު ވެއްޖެއޭ އަދި 1 އަހަރުގެ ދަރިއެއް އެބަހުރިއޭ... މީދެން ބޮޑުވަރު ފޭކު ވާހަކަ ގެނެސްދިނަސް!!!!!