އިންޑިއާގެ ގޭންގްސްޓަރއެއް ކަމަށްވާ އަންކިޓް ގުއްޖަރް ދިއްލީގެ ޓިހާރް ޖަލުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ގުއްޖަރް އަކީ އުއްތަރް ޕްރަދޭޝްގެ އެންމެ "ވޯންޓެޑް"ލިސްޓްގައި ހިމެނުނު އެކަކެވެ. އޭނާ މަރުވެފައި ވަނީ ކިހިނެއްކަން މީޑިއާތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

އޭނާއަކީ އަށް މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިއްލީ ފުލުހުނެނެވެ.

ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސެކިއުރިޓީގެ ގޮތުން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ އެ ޖަލުގައި އޭނާ އިތުރު މީހުންނާއި ގުޅިގެން ގޭންގެއް ހަދާފައިވެއެވެ. އަދި އޭނާ ބޭނުންވީ އޭނާގެ ނެޓްވޯކް ދެކުނު ދިއްލީގައި ވަރުގަދަ ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ގުއްޖަރް ވަނީ އުއްތަރް ޕްެރަދޭޝްގެ ވިލޭޖެއްގެ ގޮޑިއަށް ވާދަކުރަމުންދިޔަ މީހަކުވެސް މަރާލާފައެވެ. އޭގެ ކުރިން އޭނާ ވަނީ އެ ވިލޭޖްގައި އިންތިހާބަށް ވާދަކުރާ މީހުން މަރާލާނެ ކަމުގެ އިންޒާރު ދީ ޕޯސްޓަރުތައް ތަތްކޮށްފައެވެ.

މިދިޔަ ހުުކުރު ދުވަހު ދިއްލީ ފުލުހުންގެ ހާއްސަ ޔުނިޓޫން ވަނީ ގޭންގް ސްޓަރ ކަލާ ޖަތެޑީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބަދަލުގެ ގޮތުގައި ލިބުނު ހަތް ލައްކަ ރުޕީސް ހިފައިގެން ދަތުރު ކުރަމުންދަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އުއްތަރް ޕްރަދޭޝްގެ ސަހަރަންޕޫރުންނެވެ. އޭނާއަކީވެސް އެންމެ ވޯންޓެޑް ލިސްޓުގައި ހިމެނޭ އެކަކެވެ. އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ފައިލްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު