ރާއްޖޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ތަރިންގެ ވާހަކަތައް އަބަދު ދައްކާތީ ހިތްހަމަނުޖެހޭނެ އެތައް ބަޔަކު ތިބޭނެއެވެ. އެއީ އެވާހަކަތައް މާ އާއްމުކޮށް މީގެ ކުރިން ދެކެވެމުންނުދަތީ ކަމުގައިވެދާނެއެވެ. އެކަމަކު ކޮންމެ ގައުމެއްގެވެސް މަޝްހޫރު ތަރިން ކުރާ ކަންކަމަކީ ދުނިޔޭގެ މީޑިއާތަކުން ސަމާލުކަން އަބަދުވެސް ހޯދަމުން އަންނަ ކަމެކެވެ. އަދި މީޑިއާތަކުގެ ފަލަ ސުރުޙީއަށް އަރައެވެ.

މިފަހަރު އަނެއްކާވެސް މި ދައްކަނީ އަބަދުވެސް ރާއްޖޭގެ މީޑިއާތަކުގެ ސުރުހީތަކަށް އަރަމުންދާ މަޝްހޫރު ތަރިއެއްގެ ވާހަކައެކެވެ. މިއީ ބަތަލާ މަރިޔަމް އައްޒަގެ ވާހަކައެވެ.

އޭނަ މިވަގުތު ހުރީ ފިރިމީހާ، އަބްދުﷲ މުއާޒްގެ އުފަން ރަށް ކަމުގައިވާ ނ. ވެލިދޫގައެެވެ. ސްކޫލް ބަންދަށް ލިބުނު ބޮޑު ޗުއްޓީގައި މާލޭގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު އައްޒަ އާއި އޭނާގެ ދަރިފުޅު އީތަން އެރަށް ގޮސް ހޭދަކުރަމުންދާ އުފާވެރި ވަގުތުތަކުގެ އެތައްް ފޮޓޯއެއް މީސް މީޑިއާގައި އާއްމު ކުރަމުންދާއިރު، މިފަހަރު އައްޒަ އާއްމު ކުރި ފޮޓޯތަކަކީ ތަފާތު ފޮޓޯތަކެވެ.

އެ ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައި ވަނީ ވަރަށް މާނަ ފުން ބަސްކޮޅެކެވެ. "ހަގީގީ ދިރިއުޅުމެއްގެ އަސްލު މާނަ" މިހެންނެވެ.


އެ ފޮޓޯތަކުން ފެނިގެން ދަނީ އައްޒަ ފިރިމީހާ މުއާޒް އާއި އަދިވެސް އިތުރު މީހަކާއެކު މަސްކަނޑަން އިށީންދެގެން އިންނަ ތަނެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ ފޮޓޯތަކެކެވެ.

އިއްޔެ މުއާވެސް އެފަދަ ފޮޓޯއެއް އާއްމު ކުރިއެވެ. އިއްޔެ މުއާ އާއްމު ކުރި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ އެއީ އޭނާގެ ބައްޕަ އޭނާއަށް ދަސްކޮށްދިން ކަމެއް ކަމަށެވެ.

އެހެންކަމުން މީގެން މި ދައްކައިދެނީ މުއާއަށް އައްޒަވެސް ދޫނުކުރާ ކަމެވެ. އައްޒައަށްވެސް މިފަދަ ކަންކަން ކުރަން އެނގޭ ކަމެވެ.

މަޝްހޫރު ތަރިންގެ މިފަދަ ފޮޓޯތަކަށް އާއްމުންގެ ސަމާލުކަން ލިބިގެންދާއިރު، މިއަދު އައްޒަ އާއްމު ކުރި މި ފޮޓޯތަކަށް 1200 އަށްވުރެ ގިނަ ލައިކް ލިބިފައި ވެއެވެ. އަދި އެ ފޮޓޯތަކަށް ގިނަބަޔަކު ކޮމެންޓްވެސް ކޮށްފައި ވެއެވެ.

ތަރިން ކުރާ މިފަދަ ކަންކަމަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި ކުރާ ކަންކަން ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ދެއްކުންތެރިކަމުގެ ނިޔަތުގައި މިފަަދަ ކަމެއް ކުރިކަމުގައިވިޔަސް، ދިވެހި މަޝްހޫރު ބައެއް ތަރިންނަކީ މިފަދަ ކަންކަން ދަންނަ މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    މިކަން ދުނިޔޭގެ ސަމާލުކަމަށް ނާދޭތަ

    70
    2
  2. Anonymous

    ރަނގަޅަށް ބަލާލައިފިއްޔާ މިމީހުންނަކީ އަތުންފައިން އެއްވެސް މަސައްކަތެއްކު ރާ ބަޔަކަށްނުވާނެ

    81
    2
  3. ސޮއި

    ތިމީހުން މަޝްހޫރުވެގެން ތިއުޅެނީ ރާއްޖރތެރޭގައި.
    މާލެތެރެއިން ތިއިން މީހެއްގެ އޮޓޯގްރާފެއް ހޯދަން ދުވާނެ މީހަކުވެސް ނުވޭ.

    87
    3
  4. 😦

    ކަލޭމެން ނޫސް ވެރިންނާވެސް ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ... އެދުވަހުން ކަލޭމެންނާ ސުވާލު ކުރަނީ މައްށޫރު މީހުނެއް ނޫން...

    26
    3
    • ކުނބު

      ރިލެކްސް ބްރޯ އިޓްސް ޖަސްޓް މުނިފޫހިފިލުވުން

      3
      1
  5. ޑރ. މުޙައްމަދު ޢިޔާޒް އަބްދުއްލަތީފް

    ސާބަހޭ އައްޒަ.

    9
    17
  6. ޢިޔާޒް އަބްދުއްލަތީފް

    އައްޒަ ދެކެ ވަރަށް ލޯބިވޭ!

    9
    17
  7. އަލްޖިބްރާ

    މަސްކަޑަން ކަމަށް ދެއްކިގެން ފޮޓޯ ނަގާފަ މީޑިއާ ތަކަށް ލެވިދާނެ ! އެކަމު އެއީ އެކަން ކުރަން އެގޭ ކަމުގެ ހެއްކެއް ނޫން ! ޕައިލެޓެއްގެ ހެދުން އަޅާއިގެން ފޮޓޯ ނެގިއަސް ޕައިލެޓަކަށް ނުވާނެ ! ތިއީ މަޝްހޫރުވާން ޖައްސާ " ސްޓަންޓް " !

    15
    1
  8. ނަޝީދު

    މީދެން ކިހާބޮޑު މުސީބާތެއް...

    28
    2
  9. މައި ދައްތަ ބޭ

    މި 2 މީހުން މާދަމާ ރިހާކުރު ކައްކާނެ ވާހަކަ ލީކްވެއްޖެ!

    31
  10. އަލީ

    މަސް ޗަސް ކޮއްލާފައެއްނު ތިއޮތީ އައްޒާ!!!

    15
    3
  11. ާާާޢަލީ

    މިކިޔަނީ މީހެއްތަ ނޫނީ ދެމީހެއްގެ ޑައި ރީތަ؟؟؟ ހާދަ ފޫއްސޭ...ދެން މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަ ރު...ކޮންމެ ދުހުކު ޖޫހުގެ ސު ރުހީއަށް ފޮޓޯޖަހައިގެން...ބޯހަލާކު ..ރީތިނަނޫނާ އެއް ނަމަވެސް ތާހި ރު...

  12. ޣައިނު

    މަސްކަނޑާ ވީޑިއޯ ކޮޅެއް ލިނަމަ ގަބޫލު ކުރަން ޖެހުނީސް

    21
    2
  13. ޓ

    ކޮންމެ ދުވަހަކު މި ދެމީހުންގެ ވާހަކަ...ފައިސާ ކޮޅެއް ދީގެން ކުރާ އިސްތިހާރެއްތަ

    29
    • ކައިޒީން

      ޔަޕް! ތިބުނީ ހެޔޮކޮށް.. އެހެންނޫނީ މިވަަރަށް ފޫގަޅާފަ ނުލިޔާނެ

  14. އެދުރުބެ

    ޢައްޒައަށް މަހުގަ ހިފަހައްޓަން ވ ަރަށް ރަގަޅަށް އެނޭ

  15. މުހައްމަދު

    މާދަމާ ދޯންޏެއްގައި މަސްބާނާ ދޮއްޓެއްހިފާގެން ފޮޓޯއެއް ލާފަ " އައްޒަ އާއި މުއާ 2މީހުން ދޮށީގެ މަސްވެރިކަމުގަ" ހެޑްލައިން ޖަހާލާފަން ފެނޭ

  16. ޙުސެން

    މިވެސް ހަބަރެއްތަ

  17. ޫުުުޔޔޔ

    އަޗޭ..ތީ ވެލިދޫގަ މަޝްހޫރުބައެއް ނޫން. އެއްވެސް ބަޔަކު ނޫޅެ ތި މީހުން ހޯދާކަށް.އ

  18. ވަގުތު ފޭން

    މަވެސް މަހެއް ކަނޑަން އިން ފޮޓޯއެއް ވަގުތު ނޫހަށް ފޮނުވާލަންވީ ދޯ.