އިންޑިއާގެ މުމްބާއިގައި ވިހެއި ކުއްޖެއްގެ ބަނޑުގަައި އޮތް "އެއްމާބަނޑު ދެ ކުދިން" އޮޕަރޭޝަަން ކޮށްގެން ނަގައިފިއެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި، އެ ކުއްޖާ މަންމަ އެ ކުއްޖާއަށް މާބަނޑުވެ ފަސް މަހުގަައި ހެދި އަލްޓްރާ ސައުންޑް ސްކޭންގައި ޑޮކްޓަރުންނަށް ފުރަތަމަ ހީކުރެވުނީ އެ ކުއްޖާގެ ބަނޑުގައި އޮތީ ސިސްޓެއް ކަމަށެވެ.

ކޮން ބައެއްކަން އާއްމުކޮށް ހާމަކުރަން ބޭނުން ނުވާ ޢެ ދެމަފިރިން ބުނެފައިވާގޮތުގައި، އެ މީހުން ގާތުގައި ސުބާބަން މެޓާނިޓީ ހޮސްޕިޓަލްގެ ޑޮކްޓަރުން އެދުނީ ކުއްޖާގެ ބަނޑުގައި "ކޮންމެވެސް އެއްޗެއް" އޮތްނަމަވެސް އެބޯޓް ނުކޮށް ވިހެއުމަށެވެ.

"އަޅުގަނޑުމެން ތިބީ ވަރަށް ބިރުން، އެކަމަކު ޑޮކްޓަރުން ބުނެފަައި ވަނީ އެ މީހުންނަށް އެކަމާ ގުޅިގެން އެއްވެސް ކަމެއް ކުރެވޭނީ ވިހެއުމަށް ފަހުގައި ކަމަށް" ކުއްޖާގެ ބައްޕަ ބުންޏެވެ.

ނަސީބު ކަންދިމާކުރި ގޮތުން ސިއްހީ އެއްވެސް މައްސަލައަކާއި އެއްވެސް ދަތިކަމާއި ދިމާނުވެ އެ ކުއްޖާ ވަނީ ވިއްސުވާފައެވެ. އޭގެ ފަހުން އެތައް ޑޮކްޓަރުންނަށް ދެއްކިއެވެ. އަދި ހުރިހާ ޑޮކްޓަރުންވެސް އެދުނީ އެ ކުއްޖާގެ ބަނޑުގައި އޮތް "އެއްމާބަނޑު ދެ ކުދިން" އޮޕަރޭޝަންކޮށްގެން ނެގުމަށެވެ.

އެ ކުއްޖާއަށް އެއް މަސްވުމުން، އެކުއްޖާގެ މައިންބަފައިން ވަނީ ނަރަޔަނާ ހެލްތްސް އެރްއާރްސީސީ ޗިލްޑްރެންސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޑޮކްޓަރުންނަށް ވަނީ އެ ކުއްޖާގެ ބަނޑުން، މަރުވެފައި އޮތް އެއްމާބަނޑު ދެ ކުދިންގެ ހަށިގަނޑުގެ ބައިތައް ފެނިފައެވެ.

އެ އެއްމާބަނޑު ކުދިންގެ ހަށިގަނޑުގެ ބައިތައް އެ ކުއްޖާގެ ބަނޑުން ނަގާފައި ވެއެވެ.

އެއްމަހުގެ ކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އެކުއްޖާގެ ހާލު ރަނގަޅެވެ.