އައްލޫ އަރްޖޫން މެއިން ރޯލުން ފެނިގެންދާ "ޕުޝްޕާ" ނެރުން ފަސްކޮށްފިއެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މި ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅަށެވެ. ކުރިން މި ފިލްމު ތިއޭޓަރަށް އަންނާނެ ކަމަށް އިއުލާން ކޮށްފައި ވަނީ އޯގަސްޓު 13 އަށެވެ.

އައްލޫ އަރްޖޫން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ ކްރިސްމަސް ހިސާބުގައި މި ފިލްމު ފަސް ބަހަކުން ނެރޭނެ ކަމަށެވެ. މި ފިލްމުގައި އައްލޫގެ އިތުރުން ދެން ފެނިގެންދާނެ ތަރިންނަކީ ފަހަދް ފާސިލް އަދި އަންހެން ބައިގެ ލީޑުރޯ ލުން ފެނިގެންދާ ރަޝްމިކާ މަންދަންނާއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ނަވީން ޔާނެނީ އާއި ވައިއެވެ. މިއީ މައިތްރީ މޫވީ މޭކާސް އިން އެސޯސިއޭޝަން އާއި މުތަމްސެޓީ މީޑިއާ އިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ނެރޭނީ ދެ ބައެއްގެ މައްޗަށެވެ. މި އަހަރުގެ ކްރިސްމަސްގައި ނެރޭނީ މި ފިލްމުގެ ފުރަތަމަ ބައެވެ.

މިއީ ފަހަދް ފާސިލްގެ ތެލުގޫ ފުރަތަމަ ފިލްމަށްވާ އިރު އޭނާ މި ފިލްމުގައި ފެނިގެންދާނީ އެންޓަ ގޮނިސްޓެއްގެ ގޮތުގައެވެ.

އައްލޫ އަރްޖުން އަކީ ތަމަޅަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެއް އެކްޓަރެވެ. އޭނާގެ މަޝްހޫރު އެހެން ފިލްމުތަކުގެ ތެރޭގައި "އަލަ ވައިކުންތަޕުރި،" "ދުއްވަދާ ޖަގަންނަދަމް"، "ސަރައިނޮޑު"، "ރޭސް ގުރަމް"، "އަރްޔާ"، "ހެޕީ" ފަދަ ފިލްމުތައް ހިމެނެއެވެ.

ޓެލުގޫ ސިނަމާގައި މަސައްކަތް ކުރާ އައްލޫ އަށް ވަނީ ފިލްމްފެއާ އެވޯޑްތައްވެސް ލިބިފައެވެ. އަދި 2014 ވަނަ އަހަރު ފޮބެސް އިން ހޮވި އިންޑިއާގެ 100 ފިލްމީ ތަރިންގެ ލިސްޓުގައިވެސް އޭނާ ވަނީ ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު