ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ސަގާފަތްތަކަށް ދިރިއުޅެމުންދާ އިންސާނުން އުޅޭއިރު އެކި ދުވަސްވަރުގައި މިފަދަ އެކި މީހުންގެ ވާހަކަތައް ފެންމަތިވެ ހާމަވެއެވެ. އެގޮތުން މިފަހަރު މީޑިއާގެ ސަމާލު ކަމަށް އައި މީހާއަކީ ޖަންގައްޔަށް ލޯބި ޖެހިފައިވާ އިންސާނެކެވެ.

ޒަންޒިމަން އެލީ 21، އަކީ އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން އެހެން އިންސާނުންނާ ހިލާފަށް ބޮލުގައި އައިބުހުރި ކުއްޖެކެވެ. އެގޮތުން އޭނާގެ ބޯ އާދަޔާ ހިލާފަށް ކުޑައިރު އޭނާ އަކީ އެއްވެސް ގޮތަކަށް ވާހަކަ ދެއްކޭ ކުއްޖެއް ވެސް ނޫނެވެ.

އެލީގެ މަންމަ ދެކޭ ގޮތުގައި އެލީ އަކީ އެމީހުންނަށް ލެއްވި ރަހުމަތެކެވެ. އެ ކުއްޖާ އަކީ ވަރަށް ހާއްސަ ކުއްޖެއްގެ ގޮތުގައި އެ މަންމަ ސިފަކުރާއިރު މަންމައަށް ކުރިން ލިބުނު ފަސްކުދިންވެސް ވަނީ މަރުވެފައެވެ.

އެލީގެ މަންމަ ބުނާގޮތުގައި އެލީ އަށް އެ މަންމަގެ އަތުން ކައްކާފައިދޭ އެއްޗެއް ނުކެވެއެވެ. އެއީ އެލީ އަބަދުވެސް ބޭނުންވަނީ ވަލުތެރެއަށް ވަދެ ވަލުތެރެއިން މޭވާ އާއި ތަރުކާރީ ކާށެވެ. އަދި އިންސާނުންގެ ތެރޭގައި އުޅެންވެސް އެލީ އެއްގޮތަކަށްވެސް ބޭނުން ނުވެއެވެ.

އުނގެނުމަށް އެލީއަށް އުނދަގޫވުމުގެ ސަބަބުން އެލީ ސްކޫލަށްވެސް ނުފޮނުވައެވެ. އަދި އެލީ އަބަދުވެސް ވަލުތެރެއަށް ދާން ބޭނުންވެފައި ހުރުމުގެ ސަބަބުން އެލީގެ މަންމަ އަދި އަވަށްޓެރިންވެސް ޖެހެނީ އެލީއަށް ވަރަށް ހުޝިޔާރުވެ ތިބޭށެވެ. ސަބަބަކީ އެލީ ވަލުތެރެއަށް ގޮސްފިއްޔާ އަނބުރާ އައުމުގެ އެއްވެސް އުއްމީދެއް ނޯންނާތީއެވެ.

ވަލުތެރެއަށް ގޮސް އެތައް ކިލޯމީޓަރަކަށް އެލީ ދުވާއިރު އޭނާގެ މަންމަ ޖެހެނީ އަބަދުވެސް އެލީ ފަހަތުގައި އުޅޭށެވެ. އަދި އެލީގެ ތަފާތު ސިފައާއި ގުޅިގެން ގިނަ ބަޔަކު އޭނާ އަށް ހަނގާ ކުރާކަމަށް އޭނާގެ މަންމަ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު