ބޮލީވުޑުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ "އައިފާ" އެވޯޑް ޙަފްލާގައި، ނަވާޒުއްދީން ސިއްދީގީ އަށް ލިބުނު އެވޯޑު، ސްރީ ދޭވީ އަށް ހަދިޔާކޮށްފިއެވެ. ސްރީ ދޭވީގެ ފަރާތުން މި އެވޯޑާ ހަވާލުވީ އޭނާގެ ފިރިމީހާ، ބޯނީ ކަޕޫރެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މި އެވޯޑު ހަފްލާ ކުރިއަށްދިޔައިރު، ނަވާޒުއްދީން މިކަން އިއުލާންކުރުމުން ހަފްލާގައި ތިބި އެންމެނަށް ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ. އަދި، އެތައް ބަޔަކު މިކަމަށް ތަރުހީބު ދީ ރައުރީފުކޮށްފައި ވެއެވެ. މިދިޔަ އަހަރު ނެރުނު "މޮމް" ފިލްމުން، ނަވާޒުއްދީން އަށް ލިބިފައިވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަޤާމެވެ. މި ފިލްމުގެ މުޙިއްމު ރޯލެއް ސްރީ ދޭވީ އަދާކޮށްފައިވެއެވެ.

ސްރީ ދޭވީއަށް އެވޯޑު ހަދިޔާކުރުމާ ގުޅިގެން ނަވާޒުއްދީން، ޓްވިޓަރގައި ބުނެފައިވަނީ ސްރީ ދޭވީއާއެކު މަސައްކަތް ކުރުމަކީ ހަޔާތުގައި އެންމެފަހަރަކު ކަހަލަ ގޮތަކަށް ލިބޭނެ ފުރުސަތެއްކަމަށްވެ.

"އެއީ ޙަޔާތުގައި އެންމެ ފަހަރަކު ކަހަލަ ގޮތަކަށް ލިބޭނެ ފުރުަސަތެއް، އެންމެ ފުރަތަމަ އަންހެން ސުޕަރސްޓަރ ސްރީ ދޭވީއާއެކު މަސައްކަތްކުރުމަކީ އަދި އަހަރެންގެ ފަރާތުން ދޭ ޓްރިބިއުޓެއް ގޮތަށް މި އެވޯޑު ޚާއްޞަކުރަން،"- ގިނަ އަދި ތަފާތު މޮޅު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނު ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްރީ ދޭވީގެ އެވޯޑާ ހަވާލުވުމަށް ފަހު އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުވަނީ ފެންކަޅިވެފައެވެ.

ބޯނީ އަށް ސްރީ ދޭވީގެ އެވޯޑު ދެނީ

މި އަހަރުގެ ކުރީކޮޅު ސްރީ ދެވީ މަރުވެފައިވަނީ ޔޫއޭއީގެ ދުބާއީގައި ހުންނަ ހޮޓަލެއްގެ ތެރޭގައެވެ. އެ ހޮޓަލުގައި އޭނާ ހުންނަ ކޮތަރީގެ ބާތުޓަބު ތެރެއިން އޭނާ ފެނުނުއިރު، އޭނާގެ މަރާ ގުޅިގެން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ބައެއް ނޫސްތަކުންނާއި ތަޖުރިބާކާރުން ބުނެފައިވެއެވެ.