އަމިއްލަ އަންހެން ދަރިފުޅާއި، އަދި އާއިލާ ގުޅުން ހުރި އެހެން އަންހެނުންތަކެއް ލައްވާއި ފުޅާ ދާއިރާއެއްގައި ހަށިވިއްކުވަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފިއެވެ. އިންޑިއާގެ މުމްބާއި އަވަށުން އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، އަމިއްލަ ދަރިފުޅާއި، އަދި އެއްބަނޑު އެއްބަފާ ދައްތަގެ އަންހެން ދަރިފުޅު ލައްވައި ހަށިވިއްކުވުމުގެ ވިޔަފާރި ކުރަމުން ދަނިކޮށެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އުމުރުން 36 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އަމިއްލަ ގޭގައި އެ ވިޔަފާރި ކުރަމުންދަނިކޮށެވެ. އެ އަންހެން މީހާ އެ ވިޔަފާރި ކުރަމުން ދަނީ މީގެ ހަ މަސް ކުރިން އަގުބޮޑުކޮށް ގަތް ފްލެޓެއްގައެވެ. އޭނާ އެ ފެލެޓް ގަތްކަމަށް ވަނީ އޭނާގެ ދަރިފުޅާއި، ދައްތަގެ ދަރިފުޅު މުއްސަނދިންނަށް ވިއްކުމުގެ ބޭނުމުގައެވެ. މިކަމަށްޓަކައި އޭނާ ހުރީ ކުއްޔަށް ހިފފައިވާ ފްލެޓްގައި ކެމެރާ ހަރުކޮށް ސަލާމަތީ ކަންކަންވެސް ވަރަށް ވަރުގަދަކޮށްފައެވެ.

އޭނާ ބޮޑަށް މަސައްކަތް ކުރަނީ އަގުބޮޑުކޮށް އިއްފަތްތެރި އަންހެން ކުދިން ވިއްކުމަށެވެ. އެގޮތުން އެކަމަށް އޭނާ އެއްލައްކަ ރުޕީސް ހުށަހަޅާކަމަށް ވެއެވެ. އަދި އޭނާ ކުރިއަށްގެންދާ އެ ވިޔަފާރީ ފަޅާ އަރާފާނެތީ އޭނާ އެ ވިޔަފާރި ކޮންމެ މަހެއްގައި ކުރަނީ ދެ ފަހަރެއްގެ މަތިން ކަމަށް ވެއެވެ.

އެންމެ ފަހުން ފުލުހުންގެ އިންޓަލިޖެންސުން ހިންގި އޮޕަރޭޝަނެއްގައި، މިކަން ފަަޅާ އެރުވުމަށްޓަކައި އެގެއަށް ފޮނުވީ ފުލުސް އޮފިސަރެކެވެ. އަދި އެ މީހުން "ރެޑް ހޭންޑް"ކޮށް ވަނީ އަތުލައިގެންފައެވެ. މި ވިޔަފާރީގައި އެންމެ އިސްކޮށް ހުރި އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު، އަދި އެކަމުގައި ހިމެނޭ ދެ ކުދިން ވަނީ، ސުވާލުކުރުމަށްފަހު ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މި ވިޔަފާރީގައި އެ އަންހެން މީހާގެ ދައްތަގެ އަތެއްވެސް ވާކަމަށް ޝައްކުކުރެވޭ ކަމަށާއި، އިތުރު ބަަޔަކު އެ ވިޔަފާރީގެ ތެރޭގައި އުޅޭތޯ ބަލަމުންދާ ކަމަށެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ، ފިލްމީ ދާއިރާއިން ފުރުސަތުތަކެއް ހޯދައި ދޭނެ ކަމަށް ބުނެ އިންޑިއާގެ ފިލްމީ ތަރިންތަކެއް، އެމެރިކާގެ ޗިކާގޯގައި ވެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް ފަޅާއަރާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙުމަދު ޙަމީދު

    ރޭޕްސްތާނަކީ ހުރިހާ ނުބައިކަމެއްގެ ހާއްޔެއް.

    2
    1
  2. ބެއްޔާ

    މިފަދަ ބަދުއަޚުލާޤީ ޚަބަރުތައް ދިވެހި ބަހުން ލިޔެ އާންމު ކުރުމަކީ މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާކަމެއް. އަދި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތައް އިތުރަށް ހޭލުންތެރިވާކަމެއް. ޤަބޫލުފުޅު ނުކުރެއްވޭނަމަ މިކަމާމެދު ދިރާސާކުރެއްވުން އެދެން.

    • ހޭބަލި

      އަސްލުވެސް ތެދުވާހަކައެއް ތި ވިދާޅުވީ.......ވަގުތުން މި ކަމާ ވިސްނާނެކަމަށް އުއްމީދުކުރަނީ...

  3. މީހާ

    ބެއްޔާ އެބުނީ ބަރާބަރު ވާހަކައެއް