އަންހެނަކު މި ވަނީ އޭނާގެ ފިރިމީހާ ކޮންމެ ދުވަހަކުވެސް ފަހަނަ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރާ ކަމަށް ބުނެފައެވެ.

ނަން ހާމަކޮށްފައިވާ އެ މީހާ ބުނެފައިވާގޮތުގައި، އޭނާގެ ފިރިމީހާ ޖަސްޓަން އާ އެކު އުޅޭނެ ގޮތެއް ނޭނގެއެވެ. އެއީ "ކުޑަކަމުދިއުމަށް 45 މިނިޓު ދޭޭ، ކޮންމެ ދުވަހަކުވެސް ހަތަރެއް ނޫނީ ފަސް ފަަހަރު". އޭނާ ބުނެފައި ވަނީ އެކަން އޭނާއަށް ވަރަށް ކަމުނުދާ ކަމަކަށް ވެފައިވާ ކަމަށެވެ.

އަދި އޭނާ ވަނީ ފިރިމީހާއާއެކު ރެސްޓޯރެންޓަކަށް ގޮސް ވީ ކަމެއް ހިއްސާކޮށްފައެވެ. އަދި ރެސްޓޯރެންޓަށް ދިއުމުގެ ކުރިން އޭނާ ކައިރީގައި މި ދަނީ ރެސްޓޯރެންޓަކަށް ކަމަށާއި، އެހެންކަމުން އެތަނުގެ ފާހަނަ ތެރޭގައި ގިނައިރު ނުކުރުމަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފާހަނައަށް ގޮސް އެއް މިނިޓު ތެރޭގައި އަންނަން ފިރިމީހާ ބުނި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެ އުޅުން އޭނާ ދޫކޮށްނުލިއެވެ. އެތައް އިރެެއް ވެެގެން ދިޔައިރުވެސް ފިރިމީހާ ނައެވެ. އެންމެ ފަހުން އޭނާ ފިރިހެނުންގެ ފާހަނައަށް ފިރިމީހާގެ ހާލަތު ބަލަން ދިޔައެވެ. އޭނާ ހާލަތު ރަނގަޅުކަން އެންގުމުން، އަވަހަށް ނުކުތުމަށް މި އަންހެން މީހާ އެދުނުއިރު، އޭނާ ވަނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބޭރަށް ނުކުންނާނެ ކަމަށް ބުނެފައެވެ.

އެގޮތަށް އެތައް އިރެއް ވަންދެން އެ އަންހެން މީހާ ދެ މީހުންގެ ކާތައްޓަށް ބަލައިގެން އިނެވެ. އެންމެ ފަހުން އޭނާ ވަނީ، ފިރިމީހާ އާ ނުލާ ކައިފައެވެ.

އަދި ރެސްޓޯރެންޓުން ނުކުތުމުން ކުރިން އޭނާ ވަނީ ފިރިމީހާއަށް ފަހު ފަހަރަށް ގުޅާފައެވެ. އެހެން ނަމަވެސް އޭނާ ފޯނު ކަނޑާލީއެވެ.

"އަހަރެން ވަރަށް ރުޅި އައި، އަހަރެން ބުނިން ވެއިޓަރު ކައިރީގައި ދެ މީހުންގެ ކާތަކެތީގެ ބިލް ވަކިކޮށްލުމަށް، އަހަރެން އަހަރެން ނެގި ކާއެއްޗަށް ފައިސާ ދައްކާފައި ނުކުމެގެން އައީ". އެ އަންހެން މީހާ ބުންޏެވެ.

އެ އަންެހެން މީހާ ގެއަށް ގޮސްފައި ވަނީ ޓެކްސީއެއް ނަގައިގެންނެވެ. ފިރިހެން މީހާ ފާހަނައިން ނުކުމެފައި ވަނީ އޭގެ 20 މިނުޓް ފަހުންނެވެ.

"އޭނާ އެތަނުގައި ބަހައްޓާފައި ދިއުމުން ރުޅި އައިސް، އެއްޗެހިކި އަހަރެންނާއި ދިމާލަށް".

އެ ފިރިހެން މީހާއާ ހަވާލާދީ، އަންހެން މީހާ ބުނީ، އޭނާ ފާހަނައަށް ގޮސްފައި ވަނީ ކާއެއްޗެހި އަންނާނީ ލަހުން ކަމަށް ބެލެވޭތީ ކަމަށެވެ.

އޭނާ އެގޮތަށް އެ ވާހަކަ ހިއްސާކޮށްފައި ވަނީ ރެޑިޓްގައެވެ. އަދި އެއްބަޔަކު ބުނަނީ އެ ފިރިހެން މީހާއަކީ އޮޅުވާލާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ފިރިހެން މީިހާގެ އެ އުޅުމަކީ އާއްމުކޮށް ނުފެންނަ އުޅުމެއް ކަމުން ރަނގަޅަށް ބަލަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަހާނަ

    ވަގުބިޓުންނާ ޗެޓްކުރަނީ ނޫނީ ބަރަހަނާ މަންޒަރު ބަލަން ދެވިހިފާފަ ހުރި މީހަކީ.

    22
    1
  2. ނާޒިމް ރިޟްވާން

    ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް. އަންހެނުންވެސް އުޅޭ ތިޔަހެން، ފިރި މީހާއަށް ރޭކާވެސްނުލާ.. ދަރިންތިއްބަސް ބަލާނުލާ، ހިތާވާލެއް ބޮޑީ.. ލަދުވެސް ނުގަންނަތާގައި ﷲ އަށް ބިރުވެތިވެސް ނުވަނީ...

    5
    1
    • ލެމަން

      ހާދަ އިންސެކުއާއެއް ތިވީ ކާކުތަބުނީ އަންހެނުން ނޫޅެއޭ ގޮތަކަށް.

  3. ޅަމަތަތި

    ޕަބްޖީ ކުޅެން އިނީ ބީތާ

    10