ބުޅާ ގެންގުޅޭ ފަރާތްތައް މިހާރު އިތުރުވަމުންދާއިރު ބުޅަލަކީ އިންސާނުންނާއި ވަރަށް ރައްޓެހި ވަރަށް ފަސޭހައިން އޮޅުކުރެވޭ ޖަނަވާރެކެވެ. އެތައް އަހަރެއް ވަންދެން ބުޅާ ގެންގުޅޭ ފަރާތްތައްވެސް އުޅޭއިރު މިއީ ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ބުޅަލެވެ.

ނަޓްމެގް ނަމަކަށް ކިޔާ މި ބުޅަލަށް 31 އަހަރު ފުރުމާއި ގުޅިގެން ޕާޓީއެއް ބާއްވާފައިވާއިރު ނަޓްމެގް ގެންގުޅޭ އާއިލާއިން ނަޓްމެގް ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަޓްމެގް އޭތި ގެންގުޅޭ އާއިލާ އާއި ބައްދަލުވީ މީގެ 31 އަހަރުކުރިންނެވެ.

މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ ބުޅާ ފޮޓޯ: ގޫގުލް

ބޭރުގެ މީޑިޔާއަކަށް މައުލޫމާތު ދެމުން ނަޓްމެގް ގެންގުޅޭ ލިޒް އާއި އިއާން ފިންލޭ ބުނީ އެމީހުން ނަޓްމެގް ގޭގައި އޮޅުކޮށްގެން ގެންގުޅެން ފެށީ 1990 ވަނަ އަހަރުންފެށިގެން ކަމަށެވެ.

ނަޓްމެގް އަކީ މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ ބުޅަލަށް ވެފައިވާއިރު އޭތި ވަނީ ގިނެސް ވޮލްޑް ރިކޯޑް ފޮތުންވެސް ޖާގަ ހޯދާފައި އެވެ.

ދުވަސްވުމުގެ ސަބަބުން ނަޓްމެގްގެ ސިއްހަތުވެސް އެހާ ރަނގަޅެއް ނޫނެވެ. ފާއިތުވި އަހަރު ނަޓްމެގް އަށް ވަނީ ސްޓްރޯކެއްވެސް ޖެހިފައެވެ. ނަޓްމެގްގެ އާއިލާ އިން ބުނާގޮތުގައި ނަޓްމެގް އަކީ އެ އާއިލާގެ މެމްބަރެއް ކަމަށާއި ނަޓްމެގް ދިގު އުމުރެއްގައި އުޅެނީވެސް އެކަމުގެ ސަބަބުންކަމަށް ދެކޭކަމަށެވެ.

26 އަހަރުގެ ކޯޑުރޮއި
ފޮޓޯ: ގޫގުލް

މީގެ ކުރިން އެންމެ ދުވަސްވީ ބުޅަލުގެ ގޮތުގައި ބެލެވިފައި ވަނީ 26 އަހަރުގެ ކޯޑުރީ ނަމަކަށް ކިޔާ ބުޅަލެކެވެ. މި ބުޅާވެސް ވަނީ ގިނެސް ވޮލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައިވެއެވެ. މި ބުޅާ އަދިވެސް ދުނިޔޭގައި އެބަ އޮތެވެ.