އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދޭއް އަކީ އަގުބޮޑު އެތައް ގަހަނާއެއް އެކި މުނާސަބަތުގައި އަޅުއްވައި ޒީނަތްތެރިވުމަށް ލޯބިކުރައްވާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ. ރާނީ ވަޑައިގަންނަވާ ކޮންމެ ހަފްލާއެއްގައިވެސް އެންމެންގެ ލޯ އެކަމަނާއަށް ހުއްޓޭއިރު އެކަމަނާގެ ހެދުންއެޅުމާއި ގަހަނާތަކަށް ގިނަ ބަޔަކު ޝައުގުވެރިވެއެވެ.

ރާނީ އެލިޒަބަަތަށް އެންމެ އަގުބޮޑު ގަހަނާ ދިނީ އެކަމަނާގެ ފިރިކަލުން އަމީރް ފިލިޕް އާއި ރާނީގެ އެލިޒަބަތްގެ މަމާފުޅު ރާނީ މެރީއެވެ. ރާނީ އެލިޒަބަތްގެ މަންމާފުޅުގެ އުފަންދުވަހަށްވެސް ރާނީ މަރީ ވަނީ އަގުބޮޑު ހާރުކޮޅެއް ދެއްވާފައެވެ. މި ހާރުކޮޅު ރާނީ އަށް ހަދިޔާކުރެއްވީ އެކަމަނާގެ މަންމާފުޅެވެ.

ރާނީ އެލިޒަބަތް އާއި އަމީރު ފިލިޕް
ފޮޓޯ: ގޫގުލް

އަމީރު ފިލިޕްގެ މަންމާފުޅު އަމީރާ އެލައިސް އޮފް ބެޓެންބާގް ގެ ޖަވާހިރުން ހަދާފައިވާ އަނގޮޓިކޮޅު ރާނީ އަށް ލިބިވަޑައިގެންނެވި އެވެ. މި އަނގޮޓިކޮޅަނީ ރާނީ އެލިޒަބަތްގެ އެންމެ ހާއްސަ އެއް ގަހަނާތަކުގެ ތެރޭގައި ހިމެނޭ ގަހަނާއެކެވެ.

ދުނިޔޭގެ އެއްވެސް ތަހުތެއްގައި ނެތްވަރަށް އަގުހުރި ގަހަނާތައް ރާނީ އެލިޒަބަތްގެ ޝާހީ އާއިލާގައި އެބަހުއްޓެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ރާނީ އެލިޒަބަތްއަށްވުރެ މުއްސަނދި ރަސްކަލުންނާއި ރާނީން ތިބިއިރު އެންމެ މަޝްހޫރު އަދި ގިނަބަޔަކު ގަޔާވާ އެއް ތަހުތުގެ ވެރިއަކީ މިހާރު ރާނީ އެލިޒަބަތް އެވެ.

ރާނީ މެރީ ބޭނުންކުރެއްވި ހާރެއް. މިހާރު މި ހާރު ބޭނުންކުރައްވަނީ ރާނީ އެލިޒަބަތް ފޮޓޯ: ގޫގުލް

1953 ވަނަ އަހަރު ރާނީގެ މާމާފުޅު އަވަހާރަވުމުގެ ކުރިން ރާނީ އެލިޒަބަތް އަށް ދެއްވި އަގުބޮޑު ހާރަކީވެސް އަގުބޮޑު ހާރެކެވެ. މި ހާރަކީ ރާނީ މެރީވެސް ބޭނުންކުރެއްވި ހާރެކެވެ. 94.4 މެޓްރިކް ކެރެޓުގެ ޖަވާހިރަކާއި 64.6 ކެރެޓުގެ ޖަވާހިރެއް މި ހާރުގައި ހިމެނެއެވެ.

މިއީ ރާނީ އެލިޒަބަތްގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ފަސްވަނަ ރާނީގެ ކައިވެނިފުޅުގެ އުފަލުގައި ދެއްވި ހާރެކެވެ. މިއީ ރާނީ ބޭނުންކުރައްވާ 46 ހާރުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ލޯބިވާ ގަހަނާއެވެ. ސަބަބަކީ މިއީ ބައްޕާފުޅު ދެއްވި ހާރަކަށްވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ރާނީގެ ގަހަނާތަކުގެ ތެރޭގައި ގިނަވާނީ އިގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އިންޑިޔާއިންނާއި އެފްރިކާއިން ފޭރިގަނެގެން ގެނެސްފައި ހުރި ތަކެތި!

    31
    2
    • ޢާބްދުއްލަޠީފު

      ކޮބާ ކޯހިނޫރު އިންޑިޔާ އިން ދިން ރިޝްވަތު ހަދިޔާ