އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރުއަކީ ބޮލީވުޑުގެ މަޝްހޫރު ފަންނާނުންނާއި އެމީހުންގެ ދަރިންނަށް އިންޑަސްޓްރީގެ ކަންކަމުގައި އިސްކަން ދިނުމުގައި މަޝްހޫރުވެފައިވާ ފަންނާނެކެވެ.

މި ސަބަބަށްޓަކައި ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވަނީ ކަރަންއާއި އެކު މަސައްކަތް ނުކުރުމަށް ނިންމާފައެވެ. ކަރަން ދެކެ ރުޅިއަންނަ އޭނާއާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ފަންނާނުންނަކީ މިއީއެވެ.

ޝަރައްދާ ކަޕޫރު

ކަރަންގެ ''ކޮފީ ވިތު ކަރަން'' އަށް ޝްރައްދާއަށް ދަޢުވަތެއް ނުދެއެވެ. އެތައް އެކްޓަރުންގެ ކެރިއަރ ކަރަން ހަލާކު ކޮށްލައިފައިވާ ކަމަށް ޝްރައްދާ ވަނީ އެއްބަސްވެފައެވެ.

ސުޝާންތު ސިންގް ރާޖުޕޫތު

ކަރަންގެ ޕްރޮޑަކްޝަން ހައުސްއިން ސުޝާންތު ވަނީ ބޭންކޮށްފައެވެ. ސުޝާންތުގެ ކެރިއަރ ދުއްވާލުމަށް ކަރަން މަސައްކަތް ކުރި އަޑުތައް ވެސް ވަނީ އަރާފައެވެ.

އަނުޝްކާ ޝަރުމާ

ފިލުމީ އާއިލާއެއްގެ މީހަކަށް ނުވާތީ ''ރަބްނެ ބަނާދީ ޖޯޅީ'' ގައި އަނުޝްކާއާއި އެކު މަސައްކަތް ކުރުމަށް ކަރަން ދެކޮޅު ހެދިއެވެ. އަނުޝްކާ މިޒާޖު ވެސް ކަރަންއަށް ކަމުނުދާ ކަމަށާއި ''އެއި ދިލްހެ މުޝްކިލް'' ގެ ދުވަސްވަރު އަނުޝްކާއަށް އެކިގޮތްގޮތުން ކަރަން އުދަނގޫ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ޕްރިޔަންކާ ޗޯޕްރާ

ޝާހުރުކް ޚާނާއި ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަކާއި ހެދި ކަރަންގެ ޕްރޮޑަކްޝަން ހައުސްއިން ޕްރިޔަންކާ ވަނީ ބޭން ކޮށްފައެވެ.

އަޔުޝްމާން ކުރާނާ

ކަރަންގެ ނަންބަރު އަޔުޝްމާނަށް ދިނީ ''ވިކީ ޑޮނާ'' ގެ ކާމިޔާބަށް ފަހުގައެވެ. އަޔުޝްމާން ކަރަންއަށް ގުޅުމުން އޭނާގެ މެނޭޖަރު ބުނެފައިވަނީ ކަރަން މަސައްކަތް ކުރާނީ ހަމައެކަނި ސްޓާރުންނާއި އެކުގައި ކަމަށެވެ. އެހެންކަމުން ދުވަހަކު ވެސް ކަރަންއާއި އެކު މަސައްކަތް ނުކުރުމަށް އަޔުޝްމާން ނިންމާފައިވެއެވެ.

ކަންގަނާ ރަނައުތު

ހާމަކޮށް ''ނެޕޮޓިޒަމް'' އާއި ގުޅޭގޮތުން ކަންގަނާ ވާހަކަދައްކާތީ ކަންގަނާގެ ކެރިއަރ ދުއްވާލުމަށް ކަރަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ފެއިލްވެފައިކަމަށް ރިޕޯޓްތަކުގައިވެއެވެ.

މީގެއިތުރުން ވެސް މަނޯޖު ބާޖުޕާއީ، ޕްރަބަސްއާއި ގުޅޭގޮތުން ކަރަން ދައްކާފައިވާ ވާހަކަތަކާއި ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން މި ފަންނާނުންނާއި ކަރަންގެ ގުޅުން ރަނގަޅެއް ނޫނެވެ.