އެމެރިކާގެ އިރުދެކުނު ސަރަޙައްދުގެ ސްޓޭޓެއްކަމަށްވާ ޓެނީސްގެ މަތިން، އާދަޔާއި ޚިލާފަށް ބިޔަ ވިލާގަނޑެއް ފެނިގެން، އެތައް ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިއްޖެއެވެ.

އާދަޔާއި ޚިލާފަށް ދިގު މި ވިލާގަނޑު، އިއްޔެ ޓެނީސްގެ ބޮޑު ސަރަޙައްދަކަށް ފެނިފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވީ ކަމަށް ހީކޮށް ކަމާއި ބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކޮށް އެހީވުމަށްވެސް އެދިފައެވެ. ނޫސްތަކުން ބުނެފައިވަނީ، މި ވިލާގަނޑުގެ ދިގުމިން ސަތޭކަ މޭލަށްވުރެ ދިގު ވާނެ ކަމަށެވެ. މި މަންޒަރު ފެންނަ ފޮޓޯތައް ގިނަ ބަޔަކު މިހާރު މީސްމީޑިއާގައި ޢާންމުކުރަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަނީ ޢާންމު ގޮތެއްގައި ނުފެންނަފަދަ ބިޔަ ވިލާގަނޑެއް އެ ސަރަޙައްދުގެ މަތިން އުފެދިފައިވާ މަންޒަރެވެ.

މިކަމާއި ގުޅިގެން ޓެނީސްގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ، މިއީ "ރޯލް ކްލައުޑް" އެއް ކަމަށެވެ. މިއީ ޢާންމު ގޮތެއްގައި، ބާރުގަދަ ބޮޑު ތޫފާނެއް އުފެދުމުގެ ކުރިން ފެންނަ ޢަލާމާތެއް ކަމަށާއި، މީގެ ކުރިންވެސް މިފަދަ ބޮޑެތި ވިލާތައް އުފެދޭ ސަރަޙައްދުތަކަށް ގުދުރަތީ ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިވެފައިވާ ކަން ތާރީޚުން އެނގޭ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވ. ނަމަވެސް އިއްޔެ ޓެނީސްގެ މަތިން ފެެނުނު ވިލާގަނޑުގެ ސަބަބުން ތޫފާނެއްގެ އިންޒާރު އަދި އެފަރާތުން ދީފައެއް ނުވެއެވެ.

މި ވިލާގަނޑު ފެނުނު ވަގުތު އޭގެ މަތިން ވަރަށް ގަދައަށް ވިދާ މަންޒަރުވެސް ބައެއް ފަރާތްތަކަށް ފެނިފައި ވެއެވެ. އެވަގުތު އުޑުމަތިވެސް އެކީހެން ބަނަވެފައި އޮތްއިރު، ވައިޖެހުން ފިޔަވައި ވިއްސާރައިގެ މާބޮޑު އަސަރެއް އެ ސަރަޙައްދަށް ކޮށްފައި ނުވެއެވެ. މިފަދަ ވިލާގަނޑުތަކަކީ ވަރަށް މަދު ފަހަރެއްގައި ނޫނީ ނުފެންނަ އެއްޗަކަށް ވާއިރު، އިނގިރޭސިވިލާތުގެ މީޓިއޮލިޖިކަލް ސެންޓަރާއި ވޯލްޑް މީޓިއޮލޮޖިކަލް އޯގަނައިޒޭޝަނުން މިހާރު ދަނީ، މި ވިލާގަނޑުގެ ހަޤީޤަތް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ނުރައްކާތެރި ގުދުރަތީ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ފެންނަފަދަ މި ވިލާގަނޑު އެމެރިކާގެ ސަރަޙައްދަކަށް ފެނިފައި މިވަނީ، އެ ސަރަޙައްދަށް އަންނާނެ ކަމަށް ބެލެވޭ "ބޮޑު ބިންހެލުމެއް"ގެ ތާރީޚު އަވަސްވެސް ކޮށްފައި ވަނިކޮށެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެ ބިންހެލުމުގައި އެމެރިކާގެ ބައެއް ސުންނާފަތިވެގެންދާނެއެވެ. ނަމަވެސް ބިންހެލުން އަންނާނެ ސީދާ ތަނެއް، ނުވަތަ ބިންހެލުން އަންނާނެ އިރެއް އެފަރާތްތަކަށް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަވޯޓާ

    ކުށެއްނެތް އެތައްބަޔެއް މަރާ އަދި މަރަމުންދާއި މީހުންނަށް ކޯފާއެއް އައުން އެކަށީގެންވޭ!

  2. އަލްޖިބްރާ

    ތިޔަވަރަށް އެގޭއިރުވެސް ތިއުޅެނީ ހަމަ ނޭގޭކަމަށް ހެދިގެން ! ބަލަ ކަލޭމެންނު ތިގޮވަނީ ބާރުގަދަ ބިންހެލުމެއް އެބައާދެއޭ ! މިހާރު ތިކިއަނީ ކީކޭތަ ؟

  3. ޝާނާ

    ކުށެއްނެތް އެތައް މުސްލިމުންނެއް މަރާ ކުޑަކުދިންތައް ބިކަ ކުރަމުންދާ އެމެރިކާ ސުންނާފަތި ވީއޭ ކިޔާފަ އަހަރުމެން ދެރައެއް ނުވޭ! ޓްރަމްޕް ދެން އިސްލާހުވޭ!