މަދީނާގެ ސްކޫލެއްގައި ކުރިއަށްދިޔަ ޓެސްޓެއްގެ ތެރޭގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ކުއްޖެއްގެ ހާލު ގޯސްވެ އުޅުމުގެ ތެރޭގައި މަރުވުމާއި ގުޅިގެން އާއިލާއާ، މުޅި ސްކޫލް ފުން ހިތާމައެއްގެ ތެރެއަށް ވެއްޓިޖެއެވެ.

ADS BY OOREDOO

މުއާތު މުސްލިމް ސައްލޫމް އަލް އަވްފީ ނަމަކަށް ކިޔާ މި ކުއްޖާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގައިސް ބިން ސާދް އަލް އަންސާނީ ސްކޫލްގައި ކިޔަވަމުން ދިޔަ އެ ކުއްޖާގެ ދިޔައީ ސްކޫލްގައި އެވަގުތު ކުރިއަށް ދިޔަ ޓެސްޓެއްގައި ބައިވެރިވެ ޓެސްޓު ހަދަމުންނެވެ. ޓެސްތް ހަދަން އިންދާ ކުއްލިއަކަށް އެ މުއާތު މާބޮޑަށް ބަލިވާން ފެށުމުން ޓީޗަރުންނަށް އެންގިއެވެ. އޭނާއަށް އެހީވުމަށް ޕެރެމިޑިކުން އައުމުގެ ކުރިން އަވްފީ ފުރަތަމަ ހޭނެތުނީއެވެ. ނަމަވެސް އިރުކޮޅެެއްގެ ތެރޭގައި މުއާތު ވަނީ ރަނގަޅުވެފައެވެ.

އަދި އަނބުރާ ޓެސްޓަށް ދިޔުމަށް މުއާތު ބޭނުންވާކަމަށް ބުނި ނަމަވެސް، ސްކޫލުން އޭނާ ފޮނުވާލީ ގެއަށެވެ. ކާރެއްގައި މުއާތު ގެއަށް ފޮނުވާލުމުގެ އިންތިޒާމް ސްކޫލުން ހަމަޖެއްސިއިރު، ދެވަނަ ފަހަރަށް އޭނާ ހޭނެތުނީ ކާރު ތެރެއަށެވެ. ކާރު ތެރެއަށް މުއާތު ފެއިންޓްވުމާއި ގުޅިގެން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ މަރުވެފައެވެ.

މުއާތުގެ ބައްޕަ ނޫސްތަކަށް ބުނިގޮތުގައި، އޭނާއަކީ ބަލިވާ ކުއްޖެއް ނޫނެވެ. އަދި އެ ދުވަހުވެސް އޭނާ ބައްޔެއް ނޫނެވެ. ބެލެވޭތުގައި އެއީ ގުދުރަތީ މަރެއްކަމަށްވެސް އޭނާ ބުންޏެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ބުނީ، މުއާތުއަކީ ކިޔެވުމަށްވެސް ވަރަށް ރަނގަޅު ކުއްޖެއް ކަމަށެވެ. އަދި އެފަދަ ކުއްޖެއް މަރުވުމަކީ ހިތާމަ ހުރިކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އެ ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުން ވަނީ އަވްފީގެ އާއިލާއަށް ހިތްވަރުދީ ކެތްތެރިވުމަށް ނަސޭހަތް ދީފައެވެ.

 

ADS BY ASTERS

2 ކޮމެންޓް

  1. ތި ހަމަ ކޯފާއެއް

  2. ސުވަރުގޭގެ ނިއުމަތް ދެއްވާށި