ކަމެއް އިޝްތިހާރުކުރަން ބޭނުން ނަމަ މިހާރު ބަލާނީ ވީހާވެސް ބޮޑަށް ތަފާތު ދައްކާލެވޭތޯއެވެ. މީހުންގެ ސަމާލުކަން ދަމައިގަންނަން އާޝޯހުވާނެ އެތައް ކަމެއް ކުރާ މަންޒަރާއި އަޑު މީސްމީޑީއާއިން ފެންނަ ފޮޓޯ އާއި ވީޑިއޯ އިން ފެނެއެވެ. މިފަހަރު މުޅި މީސްމީޑިއާގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ދަމައިގަތީ އެމިރޭޓްސްއެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ޔޫއޭއީ ނުވަތަ އެކުވެރި އަރަބި އިމާރާތް ވަނީ އުނިކޮށްފައެވެ. ރެޑް ލިސްޓަކީ އެގުއުމުތަކަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދަތުރު ނުކުރެވޭ ގައުމުތައް ހިމެނޭ ލިސްޓެކެވެ. އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީ އެ ގައުމުތަކަށް ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކާއި އެކި ސަބަބުތަކާއި ހުރެ ދަތުރުކުރުން މަނާ ގައުމުތަކެވެ.

އެކަން އެމިރޭޓްސް އިން ފާހަގަކުރީ ވަރަށް ތަފާތު ގޮތަކަށެވެ. އެމިރެޓްސް އިން މީސްމީޑިއާގައި ހިއްސާ ކުރި ވީޑިއޯގައި ފެންނަނީ އަންހެނަކު ފްލައިޓް އެޓެންޑެއްގެ ހެދުމުގައި ހުރެ، ތަފާތު ލިޔުންތަކެއް ހިފައިގެން ބުރްޖް ޚަލީފާ މަތީގައި ހުރި މަންޒަރެވެ. އެ ލިޔުންތަކުގައި ވާ މެސެޖަކީ ރެޑްލިސްޓުން އެކުވެރި އަރަބި އިމާރާތް އިނގިރޭސިވިލާތުގެ ރެޑްލިސްޓުން ނެގުމުން އުފާވާކަން ހާމަކޮށްފައެވެ.

އެ ނިންމުމާއި އެކު ދުނިޔޭގެ އެންމެ އުހުގައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެ މެސެޖުގައި ވަނީ ބުނެފައެވެ. އަދި އެ މެސެޖާއި އެކު އެ ވީޑިއޯ އިން ފެނިގެން ދަނީ އެއްވެސް ބިރެއް ނެތި ހިނިތުން މޫނަކާއި އެކު ބުރްޖް ޚަލީފާ މަތީގައި އެ އަންހެން މީހާ ހުއްޓިލައިގެން ހުރި ހިތްގައިމު މަންޒަރެވެ. އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

ފުރަތަމަ އެންމެންވެސް ކުރި ސުވާލަކީ އެއީ ހަމަ ހަގީގީ ވީޑިއޯއެއްތޯ ކުރި ސުވާލެވެ. އެމިރޭޓްސް އިން މި ވީޑިއޯ ހަދަން މަސައްކަތް ކުރި ގޮތުގެ ވީޑިއޯ އެއްވެސް މިހާރު ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ އަންހެން މީހާ އަކީ ސްޓަންޓް އާޓިސްޓް ނިކޯލް ސްމިތް ލުޑްވިކްއެވެ. ނިކޯލް ވަނީ މިއީ އޭނާ އެންމެ ހަނދާން ހުންނާނެ ސްޓަންޓް ކަމަށް ބުނެފައެވެ.

އެމިރޭޓްސްގެ އެ ވީޑިއޯގެ ޚިޔާލާއި އޭގެ ތަފާތު އުސްލޫބަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ. އެ ވީޑިއޯ ޕްރޮޑިއުސް ކުރީ ޓެކްސް އެވެންޓް ސަރވިސް، ޕްރައިމް ޕްރޮޑަކްޝަން އޭއެމްޖީ އަދި ކޮޕަރ ޝޮޓްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަނަ

    ބިރުކުޑަ އަމީނާ

    11
    2
  2. ޢަމީނާ

    ޢެހެންވިއްޔާ ކޮބާތަ ވީޑިއޯ

    12
  3. ހިޔާލު

    ޢޭނަ ކުރާ ކަމަކީ ވަގުތުނޫސް ކިޔަނީ އުޑަށް އަރާ ހުރެ

    2
    1