ޕޯޗްގަލް އާއި އެއްވަރުވެ އީރާން ހިތްދަތި ގޮތަކަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ވަކިވެގެން ދިޔަ ނަމަވެސް އަމިއްލަ ގައުމުގައި ފުޓްބޯޅަ މެޗެއް ބަލާލުމުގެ ނަސީބު ލިބިފައި ނެތް އީރާން އަންހެނުންނަށް ވޯލްޑްކަޕް ވަރަށް ހާއްސައެވެ. އެއީ އެއްވެސް ހުރަަހެއް ނެތި ސްޓޭޑިއަމަށް ވަދެ ޓީމަށް ސަޕޯޓް ކުރުމުގެ ފުރުސަތު ލިބުމުންނެވެ. މިފުރުސަތުގެ ބޭނުން އީރާނުގެ އެތައް ސަތޭކަ އަންހެނުންނެއް ވަނީ ހިފާފައެވެ.

ރަޝިއާގައި އީރާންގެ އެތައް ސަތޭކަ އަންހެނުންނެއް އެމީހުންގެ ގައުމަށް ސަޕޯޓް ކުރިއިރު ތެހެރާންގެ ބައެއް ސްޓޭޑިއަމްތަކުގައި ބޮޑު ސްކްރީނުން މެޗް ބަލާލުމުގެ ފުރުސަތު ވެސް ބައެއް އަންހެނުންނަށް ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނަށް 1979 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު ފިރިހެނުން ކުޅޭ ފުޓްބޯޅަ މެޗެއް ބެލުމަށް ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތެއް އަންހެނުންނަކަށް ނޯވެއެވެ. އީރާންގެ މިހާރުގެ ރައީސް ހަސަން ރޫހާނީ އަކީ އަންހެނުން ސްޓޭޑިއަމްތަކަށް ވަނުން މަނާކޮށްފައި އޮތް އޮތުމާއި ވަރަށް ދެކޮޅު ބޭފުޅެކެވެ. ނަމަވެސް އަންހެނުން ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދިނުމުގެ ބާރެއް ރޫހާނީ އަކަށް ވެސް ނެތެވެ.

އީރާންގެ ސަޕޯޓަރުން
އީރާންގެ ސަޕޯޓަރުން
އީރާންގެ ސަޕޯޓަރުން
އީރާންގެ ސަޕޯޓަރުން
އީރާންގެ ސަޕޯޓަރުން

ވޯލްޑްކަޕްގައި ބައިވެރިވި އަރަބި ގައުމުތަކުގެ އަންހެން ސަޕޯޓަރުންނަށް މީޑިއާތަކުން ހާއްސަ ސަމާލުކަމެއް ދިން ފަދައިން އީރާންގެ އަންހެން ސަޕޯޓަރުންނަށް ވެސް ހާއްސަ ސަމާލުކަމެއް ލިބުނެވެ. ބައެއް އަންހެނުން ވޯލްޑްކަޕްގެ ސްކްރީނުން ފެނިލުމާއި އެކު އެމީހުންނަށް މޮޑެލް ކުރުމުގެ ފުރުސަތުތައް ވެސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު