ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު އާޓިސްޓެއް ކަމަށްވާ އަކޮން އެފްރިކާގެ ޤައުމެއް ކަމަށްވާ ސެނެގަލްގައި އައު ސިޓީ އެއް ހެދުމަށް ނިންމާފައިވާ ކަން އޭނާ ހާމަކޮށްފިއެވެ. އަދި މިސިޓީގައި ބޭނުން ކުރާނީ އަމިއްލަ ކްރިޕްޓޯ ކަރަންސީއެއް ކަމުގައިވާ އަލަށް އުފައްދާ ފައިސާ އެއް ކަމުގައިވާ " އައޮއިން" ކަމުގައި މީނާ ވަނީ ހާމަކޮށްފައެވެ.

އަކޮން މިގޮތަށް ހާމަކޮށްފައިވަނީ ބްރޭންޑިން އެފްރިކާ: ބްލޮކްޗެއިން، އެންޓަޕްރިނިއަރ، އެންޕަވަރިން ފިއުޗާގެ ނަމުގައި ބޭއްވި ޕެނަލް މަޝްވަރާާއެއްގައެވެ.

އެކޮންގެ މިމަސައްކަތް މިހާރު ފަށާފައިވާއިރު ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިމަސައްކަތަކީ އެފްރިކާގެ ފަޤީރުކަން ނައްތާލާ އެޕްރިކާ މުއްސަދި ޤައުމަކަށް ހެދުމަށް ކޮންމެހެންެވެސް ބޭނުންތެރި ކަމެކެވެ.

45 އަހަރުގެ އެކޮން މިމަސައްކަތަށް މިހާރު ވެބްސައިޓެއް ފަރުމާކޮށްފައިވާއިރު އެކޮންގެ މިމަސައްކަތައް ސެނެގަލްގެ ސަރުކާރުގެ އެހީތެރިކަންދަނީ ލިބެމުންނެވެ. މިގޮތުން އެޤައުމުގެ ރައީސް މާކީ ސޯލްވަނީ އެކޮންގެ މިމަސައްކަތަށް 2000 އޭކަރުގެ ބިމެއް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުތާބެއްޔާ

    ތިކަން ހަގީގަތަކަށް ވުމުގެ ކުރިން އެކޮންގެ ދުވަސް ދުއްވާލާނެ. މިހާތަނަށް އެފްރިކާގެ ފަގީރުކަންނައްތާލަން މަސައްކަތްކުރި މީހުންވަނީީ މުޅިދުނިޔެ ކޮންޓްރޯލްކުރާ ފައިސާވެރި އާއިލާގެ ރޭވުމުން މަރާލާފަ.