10 އަހަރުގެ އަންހެން ކުއްޖަކު 40 އަހަރުގެ ފިރިހެނަކާ ކައިވެނި ކުރުވާ ކަމަށް ރިޕޯޓް ކުުރުމުންވެސް އެމައްސަލައިގައި އެކައިވެނި ނުހުއްޓުވި ފުލުހެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ޓެލަންގަނާގައެވެ.

އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ފުލުހެއް ހައްޔަރުކޮށް އެމައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. މީޑިޔާތަކުން އިތުރަށް ރިޕޯޓް ކުރާ ގޮތުގައި މިއަންހެން ފުލުސް މީހާ މަސައްކަތް ކުރާ އިދާރާއަށް ކުޑަ ކުއްޖަކާ ކައިވެނި ގަދަކަމުން ކުރުވާކަމުގެ ރިޕޯޓް ކުރެވިފައިވާ ކަމަށާއި އަދި ކުށުގެ ވެއްޓަށް ފުލުސް މީހާގޮސްފައުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިފުލުސް މީހާ މިކައިވެނި ހުއްޓުވާފައިނުވަނީ މިމީހާއަށް ކައިވެނި ކުރަންތިބި މީހުން ރިޝްވަތުގެ ގޮތުގައު މަދު ލާރިކޮޅެއް ދިނުމުންނެވެ. މިމައްސަލައިގައި މި ފުލުސް މީހާގެ އިތުރުން މިކައިވެނި ކުރި 40 އަހަރުގެ މީހާވެސްވަނީ ހައްޔަރުކޮށްފައެވެ. އިންޑިޔާގައިވެސް ކުޑަ ކުދިންނާއި ކައިވެނި ކުރުމަކީ ޤާނޫނީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު