ހާއްޓް އެޓޭކް ޖެހުނު ފުލުހަކަށް ކުއްތާއެއް އެހީ ވެއްޖެއެވެ.

ހާޓް އެޓޭކެއް ޖެހިގެން މަގުމައްޗަށް ވެއްޓުނު ސްޕޭންގެ ފުލުހަކަށް ކުއްތާއެއް ސީޕީއާރު ދީގެން އެ ފުލުސް މީހާ ސަލާމަތްކުރާ ވީޑިއޯއެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

މި ވީޑިއޯ އިން ފެންނާނީ ހޭނެތިގެން މަގުމަށްޗަށް ވެއްޓިފައިއޮތް ފުލުހަކަށް ކުއްތާ އެއްް ސީޕީއާރު ދީގެން ސަލާމަތް ކުރަން އުޅޭ މަންޒަރެވެ. ޕޮންޗޯ ނަމަކަށް ކިޔާ މި ކުއްތާއަކީ މިފަދަ ތަމްރީނުދޭ ސެޝަންތަކަށް ގެންދިއުމުން އެކަންކުރާ ގޮތް އަމިއްލައަށް ދެނެގަނެގެންފައިވާ ކުއްތާއެކެވެ.

ސްޕެއިންގެ މެޑްރިޑް ފުލުހުން ވަނީ މި ޕޮންޗޯގެ މައްސަކަތަށް ތައުރީފުކޮށް ޓުވީޓް ކޮއްފައެވެ.

ދުނިޔޭގައސަި އެތަށް މިލިއަން ބަޔަކު ހާޓްއެޓޭކް ޖެހިގެން ކޮންމެވއަހަރަކު މަރުވާ އިރު ސީޕީއާރު ދީގެން އެމީހާގެ ފުރާނަ ސަލާމަތް ކުރެވިދާނެއެވެ.

2014 ވަނަ އަހަރު އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުން ގައި ހޮސްޕިޓަކުގެ ބޭރުން ހާޓް އެޓޭކް ޖެހޭ މީހުންގެ 45 އިންސައްތަށް މީހުންގެ ފުރާނަ ސީޕީއާރު ދީގެން ސަލާމަތް ކުރެވިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިކީ

    އަމިއްލައަށް ވެއްޓެނީ ގައިދޮށުގައި ރަޖާއަޅާފައި ހުސްފޭކް

  2. ޙުސެން

    ބަލަގަ އަޝްވާގު ތީ އެމީހުން ހިންގި ތަމްރީނެކޭ. އަސްލެއް ނޫނޭ.

  3. އިބިލީސް

    ހަމަ ނޭންގުނީ ބާ މިމީ ހުންނަށް މީ ކުޅެފަ އިން ވީޑިއޯ އެއް ކަން؟

  4. ދފގ

    އެއީ ޓްރެއިން ކޮއްފަ ހުރި ޕޮލިސް ކުއްތާ އެއް!!!!!!!!!!!!!!!!!

  5. އެރއރއެރ

    އެއީ ޓްރެއިން ކޮއްފަ ހުރި ކުއްތާއެއް!!!!!!!!!!!!!!!!!!