އިންޑިޔާގައި އުމުރުން 40 އަހަރުގެ މީހަކު، 10 އަހަރުގެ ކުއްޖަކާ ކައިވެނި ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވާއިރު، މިކަން ކުރުމުގައި ފުލުސް އޮފިސަރުންތަކެއްވެސް އެހީތެރިވިކަންވަނީ ފަޅާ އަރާފައެވެ.
"އިންޑިޔާ ޓައިމްސް" ނޫހުގައި މިއަދު ބުނެފައިވާ ގޮތުގައި މިކަން ކުރަން އުޅެފައިވަނީ އެޤައުމުގެ ޓެލަންގަނާ ސްޓޭޓުގެ އަވަށެއްގައެވެ. އަދި، ކޮންމެވެސް ބަޔަކަށް އެކަން، އެނގުމުން ފުލުހުންނަށް އެކަން ރިޕޯޓުކުރިކަމަށް ބުނެފައިވެއެވެ.
މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން، އެކަން އިތުރަށް ބެލުމަށް ކައިވެނި ކުރަން ހަމަޖެހިފައި އޮތް ގެއަށް ދިޔަކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. މައްސަލަ ބެލުމަށް އިސްކޮށް ދިޔައީ އަންހެން ފުލުހެއްކަމަށާއި އެއީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ މީހެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަން ހުއްޓުވުމުގެ ބަދަލުގައި އޭނާއާއި އޭނާގެ އެކުގައި އައި މީހުން ނެގީ ރިޝްވަތުކަމަށާއި އަދި އެއްވެސް އުނދަގުލަކާ ނުލައި ކައިވެނި ކުރިއަށް ގެންދެވޭތޯ ބެލިކަމަށްވެސް ބުނެފައިވެއެވެ.
އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އެތަނަށް ގޮސް މި ފުލުސް އޮފިސަރުން ދެއްކި ވާހަކަތަކުގެ ރިކޯޑިން އެއް ވަނީ ލީކުވެފައެވެ.
މި މައްސަލަ، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކާއެކު ކަމާ ބެހޭ އެހެން އިދާރާތަކުން ތަޙުޤީޤު ކުރަމުންދާއިރު، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ މައްސަލަވެސް ބަލާނެކަމަށް ބުނެފައިވެއެވެ.
40 އަހަރުގެ މީހަކާ ކައިވެނިކުރުވަން އުޅުނު އަންހެން ކުއްޖާ، ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންތަކަކަށް ކިޔައިދީފައިވާ ގޮތުގައި، އެކުއްޖާއާ ކައިވެނި ކުރަން އުޅުނީ ދެވަނަ އަނތްބެއްގެ ގޮތުގައެވެ. އަދި، އެއީ ބަނގުރާ ވިޔަފާރި ކުރާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.
ޢިންކްރެޑިބަލް އިންޑިޔާ ދޯ!?????
ދޮންކަލޯ ތިޔަ ހުންނަނީ އާދައިގެ ކަންތައް އިންޑިއާގަ މާބަނޑު ދުވަސްވަރު ޖިންސް ބަލާފަ އަންހެން ދަރިއެއްގެ ނަމަ އެބައުޓް ކޮސްކޮށް ބައެއް ވިލެޖް ހިސާބު ތަކުގަ އަންހެނުން ނެތިގެން ކައިރިން އެހެން ރަށްރަށުގެ އަންހެނުން ވަގަށް ނަގައިގެން ގެނެސް އެއްބަނޑު އެއްބަފާގަ ތިބޭ ހަތަރު ފަސްވަނަ ފިރިހެނުން އަންބެއް ގެ ގޮތުގަ ބޭނުންކުރޭ ކްރައިމް ޕެޓްރޯލް ބަލާލަބަލަ ތިޔައީ ވާހަކައަކަށް ވެގެންނޫހުގަ ޖަހާވަރު ގެ ޚަބަރެއް ނޫން އިންޑިއާގެ ނިސްބަތުގަ