އިންސާނުން ދިރިއުޅެން "ޖައްވީ ގައުމެއް" ޖައްވުގައި ގާއިމުކޮށް، އެގައުމުގައި އިންސާނުން އާބާދު ކުރުމުގެ ޕްލޭނެއް ރަޝިއާގެ ބިލިއަރަކު އިއުލާން ކޮށްފިއެވެ.

ވިއެނާގައި ބެއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއުލާން ކޮށްފައިވާ ގައުމަށް ދީފައިވާ ނަމަކީ "އަސްގާޑިއާ" އެވެ. މިމަޝްރޫޢު އަކީ ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އޮލެޖް އާޓެމިއެވް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ވަކި ގައުމީ ސަލާމަކާއި، ގައުމަށް ވަފާތެރި ވާނެ ކަމުގެ ހުވައެއް ވެސް ހިމަނާފައިވާ މިގައުމު ހަޤީޤަތަކަށް ހެދުމަށް ސައިންސްވެރިންނާއި، ޤާނޫނީ ވަކީލުން ވެސް މަސައްކަތް ކުރާނެއެވެ. ޤާނޫނީ ވަކީލުންގެ މަސައްކަތަަކަށް ވާނީ ޤާނޫނީ ގޮތުން މިމަޝްރޫޢުއަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމެވެ.

ސައިންސްވެރިންގެ މަސައްކަތަކީ ވާނީ މިގައުމު އުފެއްދުމަށް ކުރަން ޖެހޭ ތަހުލީލްތައް ކޮށް އެކަމަށް ބޭނުންވާ އެއްޗެހި އުފެއްދުމެވެ.

ބިލިއަނަރު އޮލެޖް މަޝްރޫޢު އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ ޖައްވުގައި ގާއިމު ކުރާ ގައުމުގެ ވެރިޔަކީ އޭނާ އެވެ.

އެގައުމު ތަރައްޤީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ދަށުން ފުރަތަމަ ސެޓްލައިޓް ޖައްވަށް ފޮނުވަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރު އެވެ. އެއަށް ފަހު އެކި ފަހަރުމަތިން ސެޓްލައިޓާއި އެހެނިހެން ތަކެތި ޖައްވަށް ގެންގޮސް އިންސާނުން ދިރިއުޅޭނެ ގައުމެއް ތަރައްޤީ ކޮށް ނިންމަން ތާވަލް ކޮށްފައި އޮތީ މީގެ 25 އަހަރު ފަހުންނެވެ.

މިހާރު ޖައްވުގައި ގާއިމު ކޮށްފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އާއި ދާދި އެއްގޮތައް ނަމަވެސް އިންސާނުންނަށް ހިނގައިބިނގައިވެ އުޅެވޭ ގޮތައް، އިތުރު އާލާތަކާއި ނުލައި ނޭވާ ލެވޭ ގޮތައް ތަރައްޤީ ކުރުމަށް ޚިޔާލު ކޮށްފައިވާ މިމަޝްރޫއު އަކީ އެހެން ޕްލެނެޓެއްގައި އިންސާނުން އާބާދު ކުރުމަށް ވުރެ ފަސޭހަ ކަމަކަށް ވާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަޤީރު ކަލޯ!

    ޚިޔާލީފޮލާއަކީ ހޭލައިހުރެ ދެކޭ ހުވަފެނެކެވެ. މުއްސަނދިކަމުން ހައްދު ފަނައަޅައިދިޔައިމާ، ހަވާނަފުސަކީ ތިމާގެ ކަލާނގެ ކަމުގައި މުޅިން ހަމަޖެހި އެކަމުގެ ތެރެއަށް ޣަރަޤު ވެދާނެއެވެ.

  2. އައްޔަ

    ފައްކާ ކަމެއް.
    އެކަމަކު

  3. ކާފަ

    އިންސާނުންގެ އުމުރުކުރީ ތިވަރު ހަރަދު ކޮށްގެން މޮޅެތި ތަންތަން ހެދިޔަސް އުމުރު ދިގެއް ނުވޭ އެހެންވީމައި ތީބޭކާރު ކަމެއް ތިއަށްވުރެން ރަނގަޅުވާނެ އާހިރަތުގެ ސަލާމަތް ހޯދަން މަސައްކަތް ފެށިއްޔާ

  4. މުޙައްމަދު

    ރަސިޔާ މީހުން ހާދަ ރަނގޅޭ. ދިވެހި ނަމެކޭ މިކިޔާލީވެސް

  5. ހުސައިން ޒިޔާދު

    ތިކަން ކިހިނެެެެެއް ކުރާނީ???????