އިންސްޓަގްރާމް ފީޑަށް ލޯބިކޮށް، ރީތި ގޮތަކަށް އިންސްޓަގްރާމްގައި ޕޯސްޓުކުރާ ފޮޓޯތައް ގުޅުވާލައި ފީޑް ރީތިކޮށްލުމަކީ ދިވެހިން ގަޔާވެގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން، އެކި ގޮތް ގޮތަށް ކޮންމެ މީހަކު ވެސް އިންސްޓަގްރާމް ފީޑް ރީތިކޮށްލުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރީތި ފީޑްއެއް ހެދުމަށް ފީޑް ޑިޒައިން ކޮށްފައިވާ މީހުންގެ އެކައުންޓްތައް ބަލައި އަންނަނީ ހިޔާލު ހޯދަމުންނެވެ.

އެފަދަ ރީތި ފީޑްތަކަށް ދިވެހިންގެ ކަޅިތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ޕްރޮފެސަރ ހަސަން އުގައިލްގެ ނަން މީޑިއާތަކުގައި ފަވާލެވިގެން ދިޔައެވެ. ދިވެހިންނަކީ އެ ދުވަސްވަރެއްގައި އެމީހެއްގެ ވާހަކަ އެންމެ ގިނައިން ދެކެވޭ މީހެއްގެ މީސް މީޑިއާ އެކައުންޓްތައް ބަލައި، އެމީހަކާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.

ޕްރޮފެސަރ އުގައިލް އިންސްޓަގްރާމް ފީޑްގެ ސްކްރީންޝޮޓެއް

އެގޮތުން މިހާރު ދިވެހިންގެ ތެރޭގައި އެންމެ "ހިޓް" ވެފައި އޮތީ ޕްރޮފެސަރ އުގައިލްގެ އިންސްޓަގްރާމް ފީޑްގެ ރީތިކަމުގެ ވާހަކައެވެ. ދިވެހިންނަށް އެ ފީޑް ފެނި ހިތްކިޔައިފިއެވެ. ޕްރޮފެސަރ އުގައިލްގެ އިންސްޓަގްރާމްގައި އެންމެ ފުރަތަމަ ޕޯސްޓެއް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އިންސްޓަގްރާމް ފީޑް ޑިޒައިން ކޮށްފައިވަނީ ފޮޓޯ ގްރިޑް ކޮށްގެންނެެވެ.

ޕްރޮފެސަރ އުގައިލް އިންސްޓަގްރާމް ފީޑްގެ ސްކްރީންޝޮޓެއް

ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި، ޕްރޮފެސަރ އުގައިލްގެ އާއިލާ އަދި އަމިއްލަ މީހާގެ ފޮޓޯ އިންސްޓަގްރާމް އެކައުންޓުން ފެންނަން ހުރިއިރު، ފޮޓޯތައް އަތުރާލައިފައިވާލެއް ހިތްގައިމެވެ. 1،257 ފޮޓޯ ހިމެނޭ އެ އެކައުންޓުގެ ފީޑުގައި އެއް ފޮޓޯ އަނެއް ފޮޓޯ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

މި ފަހުން ދިވެހިންގެ ތެރޭގައި ފޮޓޯ ގްރިޑް ކޮށްގެން އިންސްޓަގްރާމް ފީޑް ޑިޒައިން ކުރުން ޓްރެންޑަކަށް ވެފައިވީ ކަމުގައި ވިޔަސް، މި ގޮތަށް ޕްރޮފެސަރ އުގައިލްގެ 8،791 މީހުން ފޮލޯކޮށްފައިވާ އިންސްޓަގްރާމް އެކައުންޓުގައި ފީޑު ހަދާފައިވާތާ އަހަރުތަކެއް ވަނީ ވެފައެވެ. ފޮޓޯ ގްރިޑްކޮށް އިންސްޓަގްރާމް ފީޑުގައި އަތުރާލުމުން ބަލާލަން ރީއްޗެވެ. މިއީ ދިވެހިންނަށް މާ ކަމުގޮސްފައިވާ ގޮތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    2018ގަ ސެލްފީކުމާރެގެނެސް ގައުމުދޮވެލައިފި..ދެން 2023ގަ އިސްންޓަގްރާމުގެ ފީޑް ރީތިވެގެން ވޯޓުދިނީމަ ދެން ޖީބުތައް ބޮޑުވާނެ..މިހެންވެސް ބުނިމީހާ ގޯސްވާނީ .ވެރިކަމެ ނުކުރެވޭނެ ފޮޓޯރީތިވެގެން ބަސްމަގުރީތި ވެގެނެ..މިއަދަކު ވެރިކަމެނުކުރެވޭނެ އާދޮގޭކިޔާފައެ ވަރަށްގިނަ ކަންކަންފުރިހަމަވެގެން ވެރިންކަންކުރެވޭނީ އެކަން މިވެރިކަމުން އެގިއްޖެ..ދެއަހަރުނުވަނީސް ދައުލަތްމިއޮތީ މުރަނަރޮއްޓަކަށްވެފަ..އުގެއިލުގެ ތައުލީމީދާއިރާއަށް ފާގަތިކަންއެދެން..އެކަމަކު މިސިޔާސީކަންކަމަށް ތިއިލްމުންނުފުދޭ...

    8
    1
  2. ައޮފްބެ

    އުގައިލް 2023 3)

    15
    11