ލިޔުން ހުތުރުވުމުގެ ސަބަބުން ބޭންކަކުން ވައްކަން ކުރަން އުޅުނު މީހަކަށް، އެކަން ކާމިޔާބު ނުވެ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިއްޖެެއެވެ.

މި ހިތާމަޔާ ކުރިމަތިލާން ޖެހުނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 67 އަހަރުގެ އަލަންސް ސްލެޓަރީއެވެ. އޭނާގެ ލިޔުން ހުތުރުވުމުގެ ސަބަބުން އޭނާ ކުރަން އުޅުނު ވައްކަން ދިޔައީ ފަނުފުލުންނެވެ.

އަލަންސް ވަނީ ދެ ހަފުތާގެ ތެރޭގައި ތިން ބޭންކަކަށް ވަދެ ފައިސާ ދިނުމަށް ލިޔުފައިވާ ނޯޓެއް އެތަނުގެ މުވައްޒަފުންނާއި ހަވާލު ކޮށްފައެވެ. ނަމަވެސް އެ ނޯޓުގައި އޭނާ ލިޔެފައިވާ އެއްޗެއް މުވައްޒަފުންނަށް ކިޔަން ނޭނގުމުގެ ސަބަަބުން އޭނާގެ ޕްލޭން ފްލޮޕްވީއެވެ.

ފުރަތަމަ ވަތް ދެ ބޭންކުން ވެސް އަލަންސް ހުސްއަތާ ނިކުމެގެން ދާން ޖެހުނީ ނޯޓުގައިވާ އެއްޗެއް މުވައްޒަފުންނަށް ކިޔަން ނޭނގުމުންނެވެ.

ނަމަވެސް ތިންވަނައަށް ވަތް ބޭންކުގެ މުވައްޒަފުން ވަރަށް އުދަނގުލުން ވަނީ އެ ނޯޓުގައި ލިޔެފައިވާ އެއްޗެއް ކިޔާފައިވެއެވެ.

''އަހަރެން އަތުގައި މި އޮތް އެއްޗެއް ތި ތަނުގެ ސްކްރީނަށް ވެސް ނުހުއްޓުވޭނެ. އެހެންވީމާ ހުރިހާ 10ގެ ނޫޓުތަކާއި 20ގެ ނޫޓްތައް އަހަރެންނާއި ހަވާލުކުރޭ. މިތާނގައި ތިބި އެހެން ކަސްޓަމަރުންނާއި މެދު ވެސް ވިސްނާލާ'' އަލަންސްގެ ނޯޓުގައި ލިޔެފައިވެއެވެ.

އެއަށްފަހު އެތާނގެ މުވައްޒަފުން ފުލުހުންނަށް ގުޅައިގެން އެ ނޯޓާއި ސީސީޓީވީ ފްޓޭޖާއި އެކު އަލަންސް ވެސް ފުލުހުންނާއި ހަވާލު ކުރިއެވެ.

އަލަންސް ހައްޔަރު ކޮށްފައިވަނީ ވައްކަން ކުރުމާއި ދެފަހަރަށް އެކަމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ. އަލަންސް ވަނީ މި ހުރިހާ ކަމަކަށް އެއްބަސްވެފައެވެ.

މި މައްސަލާގައި އަލަންސްއަށް ވަނީ ހަ އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެލެކްސް

    މީނާ ކާކުއާއި ވައްތަރީ؟؟

    • ކެކެކެ

      ހެހެހެ...އެލެކްސް އާ..

    • އެލެކްސް އަހުމަދު

      އެބުނާހެން........ ބުއްޅަބެޔާ ވައްތަރީ ......... އަދި އެހުރީ އިގިރޭސިވިލާތުގައި

  2. ކެކެކެ

    ހެހެހެ...އެލެކްސް އާ..