އުމުރުން 4 އަހަރު ނަމަވެސް މިއީ މިހާރު މަޝްހޫރު އާޓިސްޓެކެވެ.
އަދްވައިތް ކޮލާރްކަރް ނަމަކަމަށް ކިޔާ ހަތަރު އަހަރުގެ މި ކުރެހުންތެރިޔާގެ ކުރެހުންތައް ވަނީ 1000 އަށްވުރެ ގިނަ ޑޮލަރަށް ވިކިފައި އެވެ.
އޭނާގެ މަންމަ ބުނިގޮތުގައި ފުރަތަމަ ފިހި ނަގައިގެން ކުރަހަން ފެށީ 8 ނުވަތަ 9 މަހުގައި ކަމަށާއި އޭރުން ފެށިގެން ކުލައިން އެކި ޑިޒައިންތައް ތައްޔާރުކުރަން ފެށުމުން ހައިރާންވި ކަމަށެވެ.
ކުލަތައް އަޅަންޖެހޭ ގޮތާއި ކުލަތައް އެއްކުރާނެ ގޮތް އޭނާއަށް އިނގޭކަމަށާއި އަދްވައިތް ތައްޔާރުކުރާނީ ކޮންކަހަލަ އެއްޗެއްކަން މާކުރިންވެސް އޭނާގެ ހިޔާލުގައި ގެނެވިފައި ހުންނަ ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ.
އެއީ އަދްވައިތް ކުރަހަން އިއްތާފައި ކުރެހުން ކުރިއަށްގެންދާނެ ކުލަތަކާއި އެއްޗެހި ރާވާލާފައި ހުންނާތީ ކަމަށް މަންމަ ކިޔައިދިނެވެ.
އެ އާއިލާ ވަނީ އިންޑިޔާއިން ކެނެޑާގެ ނިޔު ޑްރަންމްސްވިކް އަށް 2016 ވަނަ އަހަރު ހިޖުރަކޮށްފައި އެވެ.
ކެނެޑާގައި އަޕްވައިތްގެ 3 އާޓް އެގްޒިބިޝަން ކުރިއަށް ގެންދާއިރު އޭނާގެ ކުރެހުންތައް ގަންނަން މީހުންވަނީ ކިޔު ހަދާފައި އެވެ.
އޭނާގެ ނުވަ ކުރެހުން ގަތް ހެލެން ބުނިގޮތުގައި އާޓް އެގްޒިބިޝަންއަކަށް ދިޔައީ އަލަށް ކަމަށާއި ކުރެހުންތަކުގައި ކުލަތައް ގެނެސްފައި ހުރިގޮތް ފެނި އާޝޯހުވި ކަމަށެވެ. މި ކަހަލަ ކުރެހުންތަކަކީ އެންމެނަށްވެސް ކުލަތަކެއް އުކާލައިގެން ހެދޭނެ ކުރެހުންތަކެއް ކަމަށް ހީކުރި ނަމަވެސް ކުލަތައް ގެނެސްފައިހުރި މޮޅު ޑިޒައިންތަކާއި ރީތިގޮތްތަކަކީ ފަސޭހައިން ކުރެހޭނެ އެއްޗެއް ނޫންކަމަށާއި އެއީ ވަރަށް ކްރިއޭޓިވް މީހަކަށް ވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އަދްވައިތްގެ އާއިލާއިން ބުނިގޮތުގައި އޭނާގެ ކިޔެވުމަށް ބުރު ނާރާގޮތަށް ކުރިއަށްއޮތްތާގައިވެސް ކުރެހުމައިގެން ކުރިއަށްދާނެ ކަމަށެވެ.
ނެއްތަ ވީޑިއޯ ކޮޅެއް