ރާއްޖޭގެ ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފަށް ބޮޑު މަގްބޫލުކަމެއް މި ފަހަކުން ލިބިގެން ގޮސްފައި ވަނީ، އޭނާއާއި ފިލްމީ ތަރި އަހްމަދު ޒިޔާއު (ޒިޔާ) އާ ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ. އޭގެ ފަހުން އޭނާގެ ވާހަކަތައް ގަދަވެއްޖެއެވެ. އޭނާ ކައިވެނީގެ ވަހަކަތަކާއި، ލޯބީގެ އެތައް ވާހަކައެއް އިވުނެވެ. އޭގެ ފަހުން އޭނާ ޒިޔާ ގާތުން ވަރިވި ވާހަކަވެސް ގަދަވިއެވެ.

ރާއްޖޭގައި ސިޔާސީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިދާތާއަކީ މީސް މީޑިއާއާ ވަރަށް ރައްޓެހި ބޭކަނބަލެކެވެ. ފޮޓޯތައް އާއްމު ކުރުމާއި އެކި ވާހަކަތައް ޓްވިޓާ އާ ފޭސްބުކް މެދުވެރިކޮށް އާއްމު ކުރައްވައެވެ.

އެގޮތުން މިހާރު ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން މި އުޅެނީ އޭނާ މީސް މީޑިއާއަށް ދޫކޮށްލި ފޮޓޯއަަކަށެވެ. އެ ފޮޓޯއަށް ބަލާފައި، ޝިދާތާ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައި ހުރިކަން ފާހަގަވެއެވެ.

ހާއްސަކޮށް މީހާ ކަސްރަތައިގެން އުޅެ، ހަށިގަނޑަށް ގެނެސްފައި ހުރި ބަދަލު ފާހަގަކޮށްލެވުނެވެ.

އޭނާ އެންމެ ފަހުން އާއްމު ކުރި އެ ފޮޓޯއިން ފެނިގެން ދަނީ، އެއްފަރާތަަކަށް ހުއްޓިލައިގެން އުނަގަނޑުގައި އަތްޖައްސައިގެން ހުންނަ މަންޒަރެެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ މާނަފުން މެސެޖެކެވެ.

"ދެކޭ ގޮތް ބަދަލުކޮށްލާ، ތިބާއަށް ހަމައެކަނި ފެންނާނީ ފުރުސަތުތައް، ހުރަސްތަކެއް ނޫން”

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  ހަމައެހެންތަ؟ ޝިދާތާ މޮޑެލްކުރަން ފެށީތަ؟

  39
  3
 2. Anonymous

  ދެން މަށަށް ކީއް؟

  29
  8
 3. ޚިކްމަތުޔާރު

  މިވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ ބޭފުޅެއް! ލޮލް.

  18
  1
 4. މުފައްކިރު.

  އުޅޭ ޕާޓީގެ ގޮތުން ނުގުޅޭ މެސެޖެއް.

  20
  2
 5. ޜާއްޖެ

  ޒިޔާގެ ގަދަ ކަން ތިޔަ ފެނުނީ ހުސްވަގުތެއް ނުލިބި .....

  12
  2
 6. ތުން ތުނާ

  ވަރަށް ސަޅި!

 7. ރައްދު ބަސް ޙައްޤު ބަސް

  ބަލަ އޭނަޔާ އޭނަގެ ބައިވެރިޔާ ހިތްހަމަޖެހޭ ތާކަށް އެރީމަ ނިމުނީ ނޫންތޯ؟
  ގިނަ މީހުންނަށް ވާގޮތަކީ އޭނާޔަށް އޭނާ ކުރާ ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭ. އެހެންވެގެން ކުރާ ކޮންމެ ކަމެއްގެ ވެ ސް ފޮޓޯގަނޑެއް އިންނަންޖެހޭ. އެހެން މީހުންނަށް ދައްކަން އެމީހުން ހިތްހަމަޖެހޭތީ.
  ހިތަކީ ﷲ ގެ މިލްކެއް. އެ އިލާހުގެ ޛިކުރު ކުރުމުން ހިތްތަކަށް ސަކީނާ ލިބެނީ.

 8. ބޮލް ބީތާ

  ބަނޑު ހާދަ ބޮޑޭ