ބުޅާތަކެއް މޫނު ކެއުމުގެ ސަބަބުން ކުވެއިތުގައި މަރުވި މީހަކީ ކާކުކަން ވަކި ކުރަން ނޭނގިފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމެންޓްގެ ތެރެއިން އެސަރަހައްދުގައި ދިރިއުޅެމުން އަންނަ އޭނާގެ ތިމާގެ މީހަކު ފުލުހުންނަށް ރިޕޯޓް ކުރި ހިސާބުންނެވެ.

އޭނާ ބުނީ އެ އަންހެން މީހާއަކީ އާއިލާއާއި ވަކިން ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ އޮޅު ބުޅާތައް ވެސް އޭނާ ގެންގުޅޭ ކަމަށެވެ. އޭނާ މަރުވެފައިވާކަން އެނގިފައިވަނީ ފޯނަށް ޖަވާބު ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ އެގެއަށް ގޮސް ބެލިބެލުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަން ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ގޮސް ބެލި ބެލުމުން އޭނާ މަރުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަން ވަނީ އެނގިފައެވެ.

ފުލުހުން ބުނީ، ބުޅާތައް އޭނާގެ މޫނުގައި ވަކި އަޅައި ކާލާފައިވަނީ އެ ބުޅާތަކަށް ކާއެއްޗެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

"ފޮރެންސިކް ޓީމުން އެގެއަށް ގޮސް ބެލިބެލުމުން އެނގިފައިވަނީ ބުޅާތައް އެތަނުގައި ދިރިއުޅޭ ކަން. އަދި އެބުޅާތަކަށް ކާން ނުލިބުމުގެ ސަބަބުން އޭނާގެ މޫނުގައި ވަކި އަޅައި ކާލާފައިވަނީ. މޫނުގެ ކަށިތައް ވެސް ފެނޭ ވަރަށް ވަނީ ކާލާފައި" ސެކިއުރިޓީ މީހުންނާއި ހަވާލާދީ ނޫހަކުން ރިޕޯޓް ކޮށްފައިވެއެވެ.

މި ހާދިސާ އާއި ގުޅިގެން އޭނާ މަރުވެފައިވާ ގޮތް ބެލުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ފޮރެންސިކް ޓީމާއި ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބޫ ގެ އެކުވެރި ބާނބޫ

    ކޮން ގައުމެއް ކަން ބުނެލި ނަމަ... އެ ގައުމު ލިޔެފާ އެ އިންނަނީ.

    1
    2
    • ބަބޫގެ ބޯ

      ސާބަހޭ ލިޔުމުގެ ފުރަތަމަ ފޮޅުވަތުގަ އޭނީ "ކުވެއިތު"ގަ އޭބުނެފަ..ލިޔުމުގެ ތަންތަން ކޮޅު ކިޔާފަ ކޮމެންޓުކުރާކަން ފާހަނގަކުރެވޭ..

    • ާޒުއްބަ

      އެއޮތީނު ކުވައިތުގައޭ

  2. ހަހާ

    ޕިސްޕިސް ބަބޫގެ އެކުވެރި ބާނބޫއަށް