ނިދާފައި އޮތް އަންހެނަކާއި ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު އޯހިއޯގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއަކަށް ކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ކްރޮސްލޭ މަކަޗެން ނަމަކަށް ކިޔާ އެފިރިހެން މީހާގެ މައްޗަށް އެެފަދަ ތުހުމަތެއް ކުރެވުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

އޭނާގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ބުނެފައިވަނީ އޭނާ ހޭލެވުނުއިރި، އެ ފިރިހެން މީހާ އޮތީ އޭނާ ރޭޕް ކުރަން ކަމަށެވެ.

އެމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދިޔައިރު، އޭނާ ކުޅުމަށް ހަމަޖެހިފައިވާ ޓީމުން ވެސް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެފަދަ ތުހަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވީ ނަމަވެސް ބޮންޑެއްގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ. އެ ބޮންޑުގެ އުސޫލުތަކާއި ހިލާފުވެއްޖެނަމަ، 100،000 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.

އެހެން ނަމަވެސް މީގެ ދެ ދުވަސް ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ރޭޕް ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތައް ވަނީ ހެކި ނެތިގެން އަނބުރާ ނަގާފައެވެ.

އެގޮތަށް ތުހުމަތުތައް ނުކުރަން ނިންމާފައިވަނީ އިތުރު ހެކި ލިބިގެން އޭނާގެ މައްސަލައެއް ނެތްކަން އެނގޭތީ ކަމަށް ރިޕޯޓްތަައް ބުނެއެވެ. އެހެން ނަމަވެސް އެއީ ކޮންކަހަލަ މައުލޫމާތެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބޭރުގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ޓީމުތަކަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާ ފަދަ ތުހުމަތުތައް މީގެ ކުރިން ވެސް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ކުޅުންތެރިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު